އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުން ސެރީނާ ނުފެނުނު ސަބަބަކީ މިއީ!..

މިފަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުން ސެރީނާ ނުފެނުނު ސަބަބަކީ މިއީ!..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

މިފަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ދުނިޔޭގެ ގަދަބާރެއް ކަމަށްވާ ސެރީނާ ވިލިއަމްސް ނުފެނުމުން ގިނަބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

އޭނާ ޓެނިސް ކުޅުން ހުއްޓާލީބާއެވެ؟ ނޫނީ ފްރެންޒު އޯޕަންގައި ދެން ބައިވެރިނުވަނީ ބާއެވެ؟

މި ސުވާލުތަކުގެ ޖަވާބަކީ ނޫނެކެވެ. އޭނާ މިފަހަރު ނުފެނުނީ އޭނާގެ ފުރަތަމަ ދަރުފުޅަށް ބަލިވެ އިނުމުގެ ސަބަބުންނެވެ. އެހެންނަމަވެސް ސެރީނާގެ ދައްތަ ވީނަސް ވިލިއަމް ވަނީ މި މުބާރާތުގައި ކުޅެ ކާމިޔާބީހޯދާފައެވެ.

ސެރީނާގެ ބަނޑަށް މިހާރު 7 މަސްވެފައިވާ އިރު، ދާދިފަހުން އޭނާވަނީ ބަނޑުބޮޑުކަން އަންގައިދިނުމުގެ ގޮތުން ސޯޝަލް މީޑިއާގައި ފޮޓޯތަކެއްވެސް ޢާންމުކޮށްފައެވެ.

ސެރީނާ ބުނީ ޓެނިސް ރެކެޓް މިވަގުތަށް ދޫކޮށްލިނަމަވެސް ވިހާގަދަވެގެން ރެކެޓުގައި ހިފާނެ ކަމަށާއި ނަމަވެސް އެކަމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އަދި މިހާރުވެސް ކޮންމެވެސް ވަރަކަށް ޓެނިސް ކުޅޭ ކަމަށެވެ. އެގޮތުން ޓެނިސް ކުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ވަނީ އިންސްޓަރގްރާމްގައިވެސް ޢާންމުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް