އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުވާމީހުންނަށް ރަސްފަންނުގައި އަޅައިދިން ޓްރެކް ޖޯޑުޖޯޑަށް ތުންގުޅުވާ ފަރާތްތަކުން ފުރާލަނީ...

ދުވާމީހުންނަށް ރަސްފަންނުގައި އަޅައިދިން ޓްރެކް ޖޯޑުޖޯޑަށް ތުންގުޅުވާ ފަރާތްތަކުން ފުރާލަނީ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

އަދުގެ ސަރުކާރުން ރަސްފަންނު ސަރަހައްދުގައި މިވަނީ ވަރަށް ރަނގަޅު ކަމެއް ކޮށްދީފައެވެ. ޚާއްޞަކޮށް ދުވެ، ކަސްރަތުކުރާ މީހުންނަށް ދުވަން ޚާއްޞަ ޓްރެކެއް އަޅައިދިނުމަކީ ޝުކުރުން ފުރިގެންވާ ކަމެކެވެ.

އެހެންނަމަވެސް މިހާރު އެތަނުގެ މަންޒަރު މިވަނީ ބަދަލުވާން ފަށާފައެވެ. އެ ޓްރެކް ބޭނުންކުރާ މީހުންގެ ނިސްބަތަށް ބަލާއިރު، ގިނައީ އެ ސަރަހައްދަށް އެކި ކަންކަމުގައިދާ ޒުވާނުންނެވެ. މިބުނީ ކަސްރަތު ކުރުން ނޫން އެހެން ބޭނުންތަކުގައިދާ ޒުވާނުންގެ ވާހަކައެވެ.

ލޯބިވެރިޔާ ނުވަތަ ރައްޓެހިންގެ ތެރެއިން ބަޔަކާއެކު މަޖާކޮށްލަން، ސަކަރާތްޖަހާލަންގޮސް މަޑުކޮށްލައިގެން ތިބޭ މަންޒިލަކަށް ރަސްފަންނު ޓްރެކް މިވަނީ ވެފައެވެ. ނޫންނަމަ މިހާރު އެއީ ޖޯޑުޖޯޑަށް މައްލަވަކޮށްލައިގެން ތިބޭ މައިދާނަކަށް މިވަނީ ވެފައެވެ.

ކާރޫބާރޫބޮޑު ފުރަ މާލެއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތުކޮށްލަން މާގިނަ ސަރަހައްދު އޮތްތަނެއް ނޫނެވެ. އޮތީ ހަމައެކަނި އެކުވެނި ޓްރެކާއި ރަސްފަންނު ސަރަހައްދުގައި އަޅައިދިން ޓްރެކެވެ.

އެކުވެނި ޓްރެކަށްދާ މީހުންގެ ޢަދަދު ގިނަވުމުން ރަސްފަންނު ސަރަހައްދުގެ ޓްރެކްވެސް އަންނަނީ ގިނަ ބަޔަކު ބޭނުން ކުރަމުންނެވެ.

ނަމަވެސް މިހާރު އެތަންވެސް ބޭނުންކުރެވޭކަށް ނެތެވެ. ކުރިންވެސް ބުނި ޖޯޑުތަކުގެ ސަބަބުންނެވެ. ނޫންނަމަ އެކަން ހައްލުކުރާނެ ބަޔަކު ނެތުމުންނެވެ. ރަސްފަންނު ސަރަހައްދަކީ ފުލުހުންގެ ޕޯސްޓެއްވެސް ހުންނަ ތަނެކެވެ. ޕޯސްޓުގެ ކުރިމަތީ އޮތީ ދުވުމަށް ޚާއްޞަކޮށް އަޅާފައިވާ ޓްރެކެވެ. އެހެންނަމަވެސް އެތާ ތިއްބަވާ ބޭފުޅުންވެސް ގިނަ ފަހަރަށް ފެންނަނީ އެ ސަރަހައްދުން ދުއްވާފައިދާ ސައިކަލުތައް ހުއްޓުވާ ޗެކް ކުރެއްވުމުގައި އަވަދިނެތި އުޅުއްވާތަނެވެ. ފަހަރެއްގައިވެސް މިދަންނަވަނީ އެކުރައްވަނީ ގޯސްކަމެއްގެ ވާހަކައެއް ނޫނެވެ.

މި ސަރަހައްދުގައި ފުލުހުންގެ ޕޯސްޓެއް ހުރުމުން ލޯމަތިން ފެންނަ މިފަދަ ކަންތައް ތަންކޮޅެއް ރަނގަޅަށް ބައްލަވައިދެއްވާތޯ ދެންނެވުނީއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި މިގޮތަށް ހުންނަ ސަރަހައްދުތަކަކީ ވަކި ނިޒާމެއްގެ ތެރޭގައި ހުންނަ ތަންތަނެވެ. މިސާލަކަށް ދުވަން ޚާއްޞަކޮށްފައިވާ ތަނަކަށް ހިނގާފަ ނުވަދެވޭ އިރު، ހިނގަން ޚާއްޞަކޮށްފައިވާ ސަރަހައްދަކަށް ދުވަން ނުވަދެވޭނެއެވެ.

ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އެހެނެއް ނޫނެވެ. ހުރިހާ ކަމެއްވެސް ކުރަންވީ އެވެ. ދުވަން އޮންނަތަނަށް ހިނގާފައިގޮސް އަރަންވީއެވެ. ނޫންނަމަ ޖަލްސާކުރާ މާލަމަކަށް ހަދާ ޖޯޑުތައް ހުއްޓި ތިބެންވީއެވެ.

މިނޫން ގޮތެއް ހައްދަވާދެއްވާށެވެ. ސަރުކާރުން ޚަރަދުކުރައްވައިގެން ކަސްރަތުކޮށް ދުވަންދާ މީހުންނަށް އަޅައިދިން ރަސްފަންނު ޓްރެކްގެ މި ހަލަބޮލިކަން ފިލުވައިލަދެއްވާށެވެ. ތަންކޮޅެއް ބޮޑަށް މިކަމާވިސްނަވާ، އެ ޓްރެކުން ހަމައެކަނި ދުވާ މީހުންނަށް ދުވެވޭނެ ގޮތް ހައްދަވައިދެއްވާށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ހުމާމު 2017-06-17 14:05:11

ދުވާ ޓްރެކް އޮއްވަ ދޯ މުޅި މާލޭގަ ކާރޯ ބާރޯ މަގުތަކުގަ ތިއްތި ދެއްކެން އެމް.އެން.ޑީ.އެފް ބޭކަލުންނާއި އާންމުން ފޫކޮޅަށް ބާރު އެއްޗެހި ލައިގެން ދުވަނީ މަވަރެއް ނެތިގެން!


މުހައްމަދު އަފްރާޙް