އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ...؟

ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ...؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ރެއާލް މެޑްރިޑާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމަށްޓަކައި މެންޗެސްޓާ ޔުނައިޓެޑުން ރެކޯޑް ފީއެއް ރެއާލް މެޑްރިޑަށް ހުށަހަޅަން ތައްޔާރުވެފައިވާކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑުން މީގެ ކުރިން އަލްވާރޯ މޮރާޓާ ގަތުމަށް ރެއާލް މެޑްރިޑާ އެކު ގާތްގަނޑަކަށް 80 މިލިއަން ޔޫރޯ އަށް ވަނީ އެއްބަސްވެފަކަމަށް ރިޕޯޓްތަށް ބުނެއެވެ. އެހެން ނަމަވެސް ސުޕަސްޓާ ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމާފައިވާކަމުގެ ޚަބަރުތަށް މީޑިއާގައި ފެރެން ފެށުމާއި އެކު ހުރިހާ ކަމެއް މި ވަނީ ބަދަލުވުމުގެ މަގުމަތީގަ އެވެ.

މީޑިއާ ރިޕޯޓްތަށް ބުނާގޮތުގައި ޔުނައިޓެޑުން ދެން މަސައްކަތް ކުރާނީ މޮރާޓާ އާއި ރޮނާލްޑޯ ގަތުމަށެވެ. އެގޮތުން 210 މިލިއަން ޔޫރޯގެ އަގަކާއި އެކު ޔުނައިޓެޑުން ނިންމާފައިވަނީ އެޓީމުގެ ގޯލްކީޕަރ ޑެހެއާ ވެސް ދޭން ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ޑެހެއާ އަކީ ރެއާލްއިން މީގެ ކުރިންވެސް ހޯދަން މަސައްކަތް ކޮށްފައިވާ ކުޅުންތެރިއެކެވެ. އެހެން ކަމުން ޑެހެއާ ވަގެންދާނީ ރެއާލްއަށް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ރިޕޯޓްތަށް މިހެން ބުނަމުންގެންދާއިރު ރޮނާލްޑޯ ގަންނަން ބޭނުންނަމް ކޮންމެ ޓީމަކުންވެސް 400 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެއީ ރޮނާލްޑޯ ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލެވޭނީ އެވަރު ދީގެން ކަމުގައި އެކުލަބުން ހާމަކޮށްފައި ވުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް ރޮނާލްޑޯގެ ރުހުމުގައި ކްލަބް ބަދަލުކުރާނަމަ މެޑްރިޑުން އެއަގު ކުޑަކޮށްދޭނެ ކަމަށާއި މެޑްރިޑުން 130 މިލިއަން ޔޫރޯ އަށް އޭނާ ވިއްކާލުމުގެ ފުރުސަތު އެބައޮތް ކަމަށް އެގައުމުގެ މީޑިއާއި ރިޕޯޓް ކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން