އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޮނާލްޑޯއާ މެދު އިތުބާރު އެބައޮތް: ސަންޓޯސް

ރޮނާލްޑޯއާ މެދު އިތުބާރު އެބައޮތް: ސަންޓޯސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ މެދު އިތުބާރު އެބައޮތް ކަމަށް އެޓީމުގެ ކޯޗް، ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

ފީފާ ކެންފެޑްރޭޝަން ކަޕްގައި، މިރޭ، މެކްސިކޯ ދެކޮަޅަށް ކުޅޭ މެޗަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ސަންޓޯސް ބުނީ މިރޭގެ މެޗަށް ރޮނާލްޑޯ ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށާއި އޭނާއާ މެދު ފުލް އިތުބާރު އެބައޮތްކަމަށެވެ.

މިރޭގެ މެޗަށް ނިކުންނައިރު ރޮނާލްޑޯއާ ބެހޭގޮތުން މީޑިއާގައި ގިނަ އަޑުތަކެއް ދަނީ ފެތުރެމުންނެވެ. އެގޮތުން އެންމެ ހޫނުކޮށް ދެކެވޭ އެއްވާހަކައަކީ 14 މިލިއަން ޕައުންޑްގެ ޓެކްސް ދެއްކުމުގައި ރޮނާލްޑޯ ޓެކްސްއަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތު ކޮށްފަ ސްޕެއިންގެ ޓެކްސްއިދާރާއިން ނެރުނު ބަޔާނުގެ ވާހަކައެވެ.

އެހެން ނަމަވެސް މި ބަޔާނާ ގުޅޭގޮތުން ރޮނާލްޑޯ ވަނީ އެއީ ދޮގު ތުހުމަތުތަކެއްކަމުގައި ބުނެ އެކަމަށް އިންކާރުކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ރޮނާލްޑޯ، އޭނާގެ ކުލަބު ރެއާލް މެޑްރިޑް ދޫކޮށްލަން އުޅޭ ވާހަކަތައް މީޑީއާގައި ވަނީ ގަދަ ވެފަ އެވެ. މި ހުރިހާ ވާހަކަތަކެއްގެ ދެކެވުނުނަމަވެސް ކޮންފެޑްރޭޝަން ކަޕަށް، ރޮނާލްޑޯގެ ސަމާލުކަން ނުގެއްލޭނެ ކަމުގެ ޔަގީންކަން ސަންޓޯސް އަށް އެބައޮތްކަމަށް އޭނާ ބުނެފައިވެއެވެ.

ނަމަވެސް، ސަންޓޯސް ވަނީ ރޮނާލްޑޯއާ ބެހޭގޮތުން، ދެކެވެމުން އަންނަ ވާހަކަތަކާ މެދު އިތުރަށް ވާހަކަދައްކަން ބޭނުން ނޫނަކމުގައި ބުނެފައެވެ. ސަންޓޯސް ބުނީ ރޮނާލްޑޯ އާ ބެހޭގޮތުން މީޑިއާގައި ކިތަންމެ ގިނަ ވާހަކަތަކެއް ދެކެވުނު ނަމަވެސް އޭނާގެ ހިއްވަރަށް ކުދަވެސް ބަދަލެއް ނާންނާނެކަމަށް ބުނެފައެވެ.

" މީޑިއާގައި ދެކެވޭ ވާހަތަކަށްވުރެ ބޮޑަށް އަހަރެން ސަމާލުކަން ދޭނީ މިރޭގެ މެޗަށް." ސަންޓޯސް ބުންޏެވެ.

ސަންޓޯސް ބުނީ ރޮނާލްޑޯ އަކީ އެންމެ ފުރިހަމަ އެތުލީޓެއް ކަމަށާއި އަދި އޭނާ އަކީ އިންސާނެއް ކަމަށެވެ. އެހެން ކަމުން ކަންކަން ދިމާވެސް ވާނޭކަން ގަބޫލްކުރަންޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

ރޭ މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނީ، މުބާރާތް ބާއްވާ ގައުމު ރަޝިޔާ އާއި ނިއުޒިލެންޑެވެ. ރަޝިޔާގެ ޕީޓާސްބާގްގެ ކްރެސްޓޮވްކީ ސްޓޭޑިއަމްގައި ކުޅުނު މެޗު ރަޝިޔާ ކާމިޔާބު ކުރީ 2-0 ން ނެވެ. މެޗު ބައްލަވާ ލެއްވުމަށް ޓަކައި، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ ދަނޑަށް ވަޑައިގެންފަ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން