އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުމައްޔިލް އާއި މަޖޫ މިފަހަރު "ވަކިން ލޯބިން" އުޅޭނެ

ޖުމައްޔިލް އާއި މަޖޫ މިފަހަރު "ވަކިން ލޯބިން" އުޅޭނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ދިވެހި ފިލްމު އިންޑަސްޓްރީ އަށް ބަލާއިރު، މިފަހަކަށް އައިސް ގިނަ ބަޔަކަށް އެންމެ މަޤްބޫލުވި އެއް ޖޯޑަކީ، ޖުމައްޔިލު ނިމާލު (ޖުމަލް) އަދި މަރިޔަމް މަޖުދާ (މަޖޫ) ގެ ޖޯޑެވެ.

މީގެ ކުރިން މިދެތަރިން އެކުގައި ކުޅުނު ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" އާއި "ވާށޭ މަށާ އެކީ" އަށް ބެލުންތެރިންގެ ހޫނު ތަރުޙީބެއް ލިބިފައިވާއިރު، ޑާކްރެއިން އެންޓަރޓެއިންމަންޓުން މިވަނީ އަނެއްކާވެސް މިދެތަރިން އެކުގައި ފިލްމަކުން ދައްކަން ނިންމާފައެވެ. ޒުވާން މިދެތަރިން މިފަހަރު ފެންނަ މިފިލްމަށް ކިޔަނީ "ވަކިން ލޯބިން" ނެވެ.

އައިޝަތު ފުއާދު ތައުފީޤު ގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ މިފިލްމު ޑައިރެކްޓް ކުރަނީ، ޑާކްރެއިން އެންޓަރޓެއިންމެންޓް ގެ އެންމެ މަޤްބޫލު ޑައިރެކްޓަރ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމެންޓް އިން އެންމެ ފަހުން ގެނެސްދިން ކާމިޔާބު ފިލްމު "މީ ލޯތްބަކީ" ވެސް ޗިއްޕެ ގެ ޑައިރެކްޝަން އަކަށް ތައްޔާރުކުރި ފިލްމެކެވެ.

"ވަކިން ލޯބިން" ގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނީ، އެފިލްމުގެ ޝޫޓިންގ ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

ބެލުންތެރިންނާއި ހަމައަށް ފިލްމު ގެނެސްދޭން ޓާގެޓް ކޮށްފައި އޮތީ މިއަހަރުގެ އޮކްޓޯބަރ ނުވަތަ ޑިސެމްބަރ މަހުއެވެ.

ފިލްމުގައި ހަރަކާތްތެރިވާނެ ކުޑަކުދިންތަކެއް ހޯދުމަށް، އެސްޓޫޑިއޯ އިން އާއްމުކޮށްފައިވާ ކާސްޓިންގ ކޯލެއްގައި ބުނެފައިވަނީ އެރޯލުތަކަށް ޝައުޤުވެރިވާ ކުދިން އޯޑިޝަންއަށް ރެޖިސްޓްރީވާން އާދީއްތަ ދުވަހާއި ހަމައަށް މުއްދަތު ހުޅުވާލެވިފައިވާ ކަމަށާއި އެރޯލުތަކަށް ހޯދަނީ އުމުރުން 6 އަހަރާއި 8 އަހަރާއި ދެމެދުގެ ދެޖިންސުގެ ކުދިން ކަމަށެވެ. އަދި އެކުދިން ވާން ޖެހެނީ މާލެ، ވިލިމާލެ ނުވަތަ ހުޅުމާލޭގައި ދިރިއުޅޭ ކުދިން ކަމުގައެވެ.

"ވަކިން ލޯބިން" އަކީ ޒުވާން ދެމަފިރިއެއް ވަރި ފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވާދޭ ފިލްމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ