އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިޖީއެމްއެޗްގެ މުއައްޒަފުންނަށް ބޭއްވި ޤުރްއާން މުބާރާތުގެ އެއްވަނަ ފާތުމަތު ޝަޖާ ޖިހާދު ހޯދައިފި

އައިޖީއެމްއެޗްގެ މުއައްޒަފުންނަށް ބޭއްވި ޤުރްއާން މުބާރާތުގެ އެއްވަނަ ފާތުމަތު ޝަޖާ ޖިހާދު ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ މުއައްޒަފުންނަށް ބޭއްވި ޤުރްއާން މުބާރާތުގެ 1 ވަނަ ފާތުމަތު ޝަޖާ ޖިހާދު ހޯދައިފި އެވެ.

މި މުބާރާތުގެ 2 ވަނަ ހޯދާފައިވަނީ ޑރ. މަރިޔަމް ނަޔާޝީމްއެވެ. އަދި މުޅި މުބާރާތުން 3 ވަނަ ހޯދާފައިވަނީ ނަޝީދާ ސަޢީދު އެވެ.

މި މުބާރާތުގެ ފިރިހެން ކިޔުންތެރިންގެ ތެރެއިން 1 ވަނަ ޙާސިލުކޮށްފައިވަނީ ޙުސައިން ޝާޒިފް އާދަމްއެވެ. 2 ވަނަ އިބްރާހިމް ޢަބްދުއްރައްޒާޤު ހޯދި އިރު، 3 ވަނަ ހޯދީ މުޙައްމަދު ސާމިޙު އެވެ.

އަންހެން ކިޔެވުންތެރިންގެ ތެރެއިން 1 ވަނަ ފާތުމަތު ޝަޖާ ޖިހާދު ހޯދާފައިވާ އިރު، 2 ވަނަ ހޯދީ ޑރ. މަރިޔަމް ނަޔާޝީމްއެވެ. އަދި 3 ވަނަ ހޯދީ ނަޝީދާ ސަޢީދު އެވެ.

ޑިޕާޓްމެންޓްތަކުގެ ތެރެއިން 1 ވަނަ ހޯދީ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާއެވެ. 2 ވަނަ އޮޕްސެޓިކްސް އެންޑް ގައިނޮކޮލޮޖީ ޑިޕާޓްމެންޓް ހޯދި އިރު، 3 ވަނަ އިންޓެންސިވް ކެއަރ ޔުނިޓް އެވެ.

މި މުބާރާތުގެ އުއްމީދީ 10 ބައިވެރިންނަށް ހޮވިފައިވަނީ ޞަފާ އަޙްމަދު، ޑރ. ޒައުރަތު ޢަބްދުﷲ، ޒާހިދާ ޢަލީ، ޢައިޝަތު ޙަނާން މުޙައްމަދު، ޒާދާ ޒާހިދު، ޢައިޝަތު ސީނިޔާ، ލުޠުފާ ޢަބްދުލްޣަނީ، ޢާސިޔަތު ޢަބްދުﷲ، މަރިޔަމް ނައުފާ، ޙަސަން ސާޖިދުއެވެ.

މިއަހަރުގެ މުބާރާތުގައި 41 ބައިވެރިން ކިޔަވާފައިވާ އިރު، އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެޓެންޑެންޓުންނާއި ސަޕޯޓް އޭރިއާގެ މުއައްޒަފުން ހިމެނެއެވެ.

މި މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތަކަށް އިނާމާއި ތައްޓާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހްމާން އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚް މުޙައްމަދު ލަޠީފްއާއި އައިޖީއެމްއެޗްގެ އިސްވެރިންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް