އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިހަވަންދޫ ކައުންސިލުގެ ނިންމުމަށް ދެކޮޅުހަދާމީހުން އެންމެ ކުޑަމިނުން އިއްސެގެ މަރުގެ ދިޔަ ދޭންވީނު!

އިހަވަންދޫ ކައުންސިލުގެ ނިންމުމަށް ދެކޮޅުހަދާމީހުން އެންމެ ކުޑަމިނުން އިއްސެގެ މަރުގެ ދިޔަ ދޭންވީނު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު

އެކިއެކި ކަންކަމުގައި ހައްޤުތަކަށް މަސައްކަތްކުރުމުގެ ނަމުގައި އުފައްދާފައިވާ ޖަމާއަތްތަކަކީ އެއްކޮޅު ޓިކެޓެއްގައި ދަތުރުކުރާ ޖަމިއްޔާ ތަކެކެވެ. އެމީހުންގެ އަތްމަތީގައާއި ދުލުކުރީގައި އަބަދުވެސް އޮންނާނީ ކުށްވެރިންގެ ހައްޤުތަކުގެ ވާހަކަތަކެވެ. ކުށްކުރުމަށް ހިތްވަރުދިނުމެވެ. ކުށްކުރުމަށް މަގުފަހިވާނެ ގޮތްތަކަށް ވަކާލާތުކުރުމެވެ.

އިހަވަންދޫގައި ހިންނަވަރު އިސްމާއީލް އުމަރު މަރާލުމުން އެކަމަކީ އަނިޔާވެރިގޮތަކަށް ކުރި ކަމަކަށް ވެސް ނުވިއެވެ. އެކަމަކު މަރާފައިވަނީ ހަމަ ވަޅި ހަރައިގެންނެވެ. އަނިޔާވެރިގޮތަކަށް މެރުން ކަމަށް މިިވަނީ ކޮން ނަމެއް ކިޔާ ނުވަތަ ކޮން ކަމެއް ކުރާ މީހަކު މެރުމުންކަން މިއަދު މިވަނީ އޮޅުންފިލުވަންޖެހިފައެވެ. އަނިޔާވެރިގޮތަކަށް މެރި ކަމަށްވަނީ ދިވެހިން ދިވެހިން މެރުމުންތޯ ނުވަތަ ވަކި މަސައްކަތެއް ކުރާ މީހަކު މެރުމުންކަމާއިމެދު ސުވާލުތައް ވަރަށް ގިނައެވެ.

އިސްމާއީލް އަނިޔާވެރިގޮތަކަށް ނޫން ނަމަވެސް ވަޅިހަރައި މަރައިލުމުން އަދި މަސްގަނޑު އައިސް ޕްލާންޓެއްގައި ނުލާހިކު ފިނިކޮށް އަރާމުގައި ބޭއްވުމުން އެކަން ކުށްވެރިކުރާނެ ބައަކު ނުވީކަމަށްވެދާނެއެވެ. އެންމެންވެސް އަވަސްވެގަތީ އިހަވަންދޫ ކައުންސިލުގެ ނިންމުން ފަހައި ދުއްވައިގަތުމަށެވެ.

އިހަވަންދޫ ކައުންސިލުގެ ނިންމުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ވަރަށް ފުރިހަމަ ނިންމުންތަކެކެވެ. އިންސާނީ ހައްޤުތަކަށް އިހްތިރާމްކުރުމުގެ އެންމެ ކުރީ ސަފުގައި އޮތް ޔޫއޭއީގައި ހަމަ އެއުޞޫލުތަކަށް އަމަލުކުރެއެވެ.

ޔޫއޭއީއަށް ބަލައިފިނަމަ މަސައްކަތް ނިމުމުން ޕޭމަންޓްތްތަކުން ހިނގާ އަންހެނުންނާއި ފޮށި މަގުފޭރެން ބިދޭސީ މަސައްކަތު މީހުންނަކަށް ނުތިބެވޭނެއެވެ. މަސައްކަތް ނިމުމުން ދާންޖެހޭނީ އެމީހުން ތިބޭ ކްއާޓަރސްތަކަށެވެ. މަގުމަތީގައި ޢާންމުތަންތަނުގައި އުޅެވޭނީ ވަކި ވަގުތުތަކެއްގައެވެ. ވަކި އުޞޫލުތަކަކުންނެވެ. ދުބާއީ ރައްޔިތުން ގޮސްއުޅޭ ޕާކުތަކުގައި ފުނިފުންޏަކަށްވެސް ނުތިބެވެއެވެ.

މިފަދަ އެއްވެސް ނިޒާމެއް އެކުލަވާލަން ރާއްޖެ ނުކުޅެދިފައިވަނީ ޤަވައިދާއި ޚިލާފަށް މީހުން އެތެރެކުރާނެ ފުރުޞަތު ލިބުމުން އެކަން ކުރާ ބައަކަށް ކިހައިވަރެއްގެ އާމްދަނީއެއް ލިބޭތީކަމެއް ބުނެވޭކަށް ނެތެވެ. އެފަދަ ދިރާސާއެއް އަދި އެއްވެސް ފަރާތަކުން ނުކުރާތީއެވެ. އެނގޭ ކަމަކީ ހަބޭހަށް ވަގުފާރި ކުރިއަށްދާ ކަމެވެ. ހުށަހެޅޭ މައްސަލަތަކުގެ އަދަދު މަދުވި ކަމަށް ބުނި ނަމަވެސް ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންެގެ އަދަދު މަދެއް ނުވޭ ދޮގޮއްތޯއެވެ.

އިހަވަންދޫ ކައުންސިލުގެ ނިންމުންތަކާއި ގުޅިގެން ބަންގާޅީންގެ ހައްޤުތައް "ކޮނޑަށްލައިގެން" ނުކުތް ޖަމާއަތްތަކުން ނިކަން އެންމެ ކުޑަމިނުން އިސްމާޢީލްގެ މަރުގެ ދިޔަ ދައްކަބަލާށެވެ.! އެވަރުވެސް ނުކުރާނެ އިރު ދިވެހި މުޖުތަކައުއަކީ ކުށްވެރިންގެ ނުވަތަ ކުށްކުރާ މީހުންގެ ހާއްޔަކަށް ހަދަން ހިތްވަރުދެނީ ހެއްޔެވެ؟ ތިއަ ފަދައިން އަމަލުކުރުމަށް ދިވެހި ބަހުގައި ކިޔަނީ އިބިލީހަށް ކުރާ ކައްކައިދިނުމެވެ.

އިހަވަންދޫ ކައުންސިލުގެ ނިންމުންތައް އެލްޖީއޭއިން ބާޠިލުކުރިއިރު އެރަށުގައި އަދި ރާއްޖޭގެ އެހެން ރަށްތަކުގައި ހިންގަމުންދާ މިފަދަ ޖަރީމާތައް ހުއްޓުވަން އެލްޖީއޭއިން މިހައިތަނަށް އެޅީ ކޮންފިޔަވަޅެއްތޯއެވެ؟ ޤަވާއިދާއި ޚިލާފަށް ރަށްރަށުގައި ތިބި ބިދޭސީން ހައްޔަރުކުރަން ކުރީ ކޮންކަމެއްތޯއެވެ؟ އެހެންކަމުން އެލްޖީއޭ އިން ވެސް މިކަމުގައި އަމަލުކޮށްފައި އެވަނީ މުޖުތަމައުގެ ސަލާމަތާ ރައްކައުތެރިކަމަށް ބަލައިގެން ކަމަށް ބުނެވޭކަށް ނެތެވެ.

ކައުންސިލަކުން އެރަށެއްގެ މަސްލަހަތަށްޓަކައި ނިންމާ ނިންމުން ބާޠިލުކުރާއިރު މުޖުތަމައުގައި ޤާނޫނު ތަންފީޒުކުރަން ހަމަ އެއްވެސް ކަމެއް ނުކުރުމަކީ ބޮޑު ޖޯކެއް ދޮގެއްތޯއެވެ!

އެލްޖީއޭ އިން ނެރުނު ބަޔާނުގައި "ތިއަ އިހަވަންދޫގަ އާއި ރާއްޖޭގެ ހުރިހާ ރަށްތަކުގައި ޤަވާއިދާއި ޚިލާފަށް ތިބި ހުރިހާ ބިދޭސީން ހިފައި ހައްޔަރުކޮށް މި އޮތޯރިޓީގެ ބެލުމުގެ ދަށަށް ވީހާ އަވަހަކަށް މާލެ ފޮނުވަން" އަންގާފައި އޮތްނަމަ ހާދަ ފުރިހަމަ އެންގުމަކަށްވާނެ ދޮގެއްތޯއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް