އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުކުރުން

ނަމާދުކުރުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ވަގުތު ހޯދައިގެން ނަމާދު ކުރަން ޖެހޭ ހުރިހާ ކުދިން
...................... ވަގުތު ފާއިތުކޮށް ނުލާ އަޅުކަން ކުރަން ޖެހެޔޭ ކުދިން
ފަސް ނަމާދު ކުރަންޖެހޭ ފަރުޟެއް، ހަނދާން ނައްތާ ނުލައި
...................... ފަސްވަގުތު ނާޅާ ނަމާދު ކުރާށެ ލޮބުވެތި ތިޔަ ކުދިން
ހެޔޮ ސަވާބާ ރަހުމަތުގެ މަގު ހޯދުމަށް އަޒުމާއެކީ
...................... ހެޔޮހިތުން ސުއްނަތް ނަމާދު ކުރާށެ ތިޔަ ހުރިހާ ކުދިން
ދިރިއުޅުން ފާގަތިކުރަން ބަރަކާތް އިތުރު ކުރުމަށްޓަކައި
...................... ދިރި ތިމާ ވާހައި ހިނދަކު ފަރުވާތެރިވެ ކުރަމާ ކުދިން
ދިންނެވުން ނަރަކައިން އޮތީ ވާޖިބު އަދާކުރުމުން ޔަގީން
...................... ބިންމަތިން ކުރެވޭ ދަތުރުގައި ވިސްނަމާ ހުރިހާ ކުދިން
ބަލިތަކުން ދުރުކޮށް ހިތަށް ފިނިކަން ލިބޭ ގޮތަކީ މިއީ
...................... ހަލި އަވަސްކޮށް އޮންނަ ވަގުތަށް ކޮށްލަމާ ހުރިހާ ކުދިން
ތިޔަ ކުދިންނަށް ދެދުނިޔޭން ހެޔޮގޮތް އެދިގެން އަބަދު
...................... ވިޔަނުވާ އާދޭސް އަހައި އަޅުކަން ކުރާށޭ ތިޔަކުދިން

Advertisement

ކޮމެންޓް ކުރެއްވުމަށް








ފާތިމަތު ސަޢީދު، ޗަމްޕާޕޫލުމާގެ، ސ. ހިތަދޫ