އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮސްޓްރޭލިއާ ބަލިކޮށް ޖަރުމަނުން މުބާރާތުގެ އުންމީދު އައުކޮށްފި

އޮސްޓްރޭލިއާ ބަލިކޮށް ޖަރުމަނުން މުބާރާތުގެ އުންމީދު އައުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

މިހާރު ރަޝިއާގައި ފެށިގެން ކުރިޔަށްދާ ފީފާ ކޮންފެޑެރޭޝަން ފުޓްބޯޅަ މުބާރާތުގައި ރޭ ދުނިޔޭގެ ޗެމްޕިއަންޖަރުމަނުން އޭސިއާގެ ޗެމްޕިއަން އޮސްޓްރޭލިއާގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައިފިއެވެ.
ރޭ ކުޅުނު މި މެޗުން ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދާފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ޖަރުމަން ޓީމު ނިކުތްއިރު އެޓީމުގައި މުހިންމުސީނިއަރ ގިނަ ކުޅުންތެރިންތަކެއް ނުފެނެއެވެ. މިފަހަރުގެ މި މުބާރާތަށް ޖަރުމަނުން ވާދަކުރާ މި ޓީމުގައި މުޅިހެން ހިމަނާފައިވަނީ މުޅިން އާ ކުޅުންތެރިންނެވެ. އެގޮތުން ޑްރެޒްލާ އާއި މުސްތަފީ ނުނީ މުޅިހެން ތިބީ މުޅިން އާ ޒުވާން ކުޅުންތެރިންނެވެ.

ޖަރުމަނުގެ ފަރާތުން މޮޅުކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީވެސް ޖަރުމަނުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު މެޗުގެ 5 ވަނަ މިނެޓުގައި ޖަރުމަނަށް މެޗުގެ ލީޑުނަގައިދިން މި ގޯލް ކާމިޔާބުކޮށްދިނީ ލާސް ސްޓިންޑްލް އެވެ.

ސްޓިންޑްލްގެ ގޯލުން ޖަރުމަން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިންމެން ދަނިކޮށް އޮސްޓްރޭލިއާއިން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އޮސްޓްރޭލިއާއަށް ކާމިޔާބުކޮށްދިނީ ޓޮމް ރޮޖިޗް އެވެ.

އޮސްޓްރޭލިއާއިން ގޯލެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިނަމަވެސް އޭގެ ތިން މިނެޓުފަހުން ލިބުނު ޕެނަލްޓީއަކުން ގޯލެއް ޖަހާ ޖަރުމަނުންވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. ޖަރުމަނަށް ލިބުނު ޕެނަލްޓީ ގޯލްގެތެރައަށް ފޮނުވާލައިގެން މި ގޯލް ކާމިޔާބުކޮށްދިނީ ޑްރެޒްލާ އެވެ.

ޖަރުމަން ޓީމް ލީދުގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު އެޓީމުގެ ތިންވަނަ ގޯލް ޖަހާ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައިވަނީ ފަހުހާފު ފެށުނުތަނާހެން 48 ވަނަ މިނެޓުގައި ގޮރެޒްކާ ކާމިޔާބުކޮށްދިން ހިއްގައިމު ގޯލުންނެވެ.

އޮސްޓްރޭލިއާއިން މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރި ގޯލް އަދި އެޓީމުން މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލް ކާމިޔާބުކޮށްފައިވަނީ މެޗުގެ 56 ވަނަ މިނެޓުގައެވެ.
ރޭގެ މެޗުން މޮޅުވުމުން ޖަރުމަނަށް ވަނީ ގްރޫޕް އޭގެ ދެވަނަ މަގާމު ލިބިފައެވެ. އެއްވަނާގައި އިތީ ކެމަރޫންގެ މައްޗަށް 0-2 ގެ ނަތީޖާއިން ކުރިހޯދި ޗިލީއެވެ.

މި މުބާރާތުގައި ޖަރުމަން ދެން ބައްދަލުކުރާނީ ޗިލީއާއެވެ. މި މެޗު ކުޅެވޭނީ މިމަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ރޭ ރާއް ގަޑިން 23:00 ގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން