އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާ ތަކެއް

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާ ތަކެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ޤާއިމުކޮށްފައިވާ ކޮމްޕިއުޓަރ ލެބްގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެލެބްގައި ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދީ ލެބްގައި ބޭނުންކުރުމަށް އާ ކޮމްޕިއުޓަރ ސިސްޓަމްތަކެއް މިއަދު ހަދިޔާކޮށްފިއެވެ. މީގެ އިތުރުން ކުޑަކުދިންގެ ހިޔާގައި ގާއިމު ކޮށްފައިވާ ލައިބްރަރީ އަށް ބޭނުންވާ ބައެއް ކުޑަކުދިންގެ ވާހަކަ ފޮތް ވެސް އެކުންފުނިންވަނީ ހަދިޔާ ކޮށްފައިއެވެ.

މިއަދު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން މިތަކެތި ކުޑަކުދިންގެ ހިޔާއާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދެވެ. ކުޑަކުދިންގެ ހިޔާގެ ފަރާތުން މިތަކެއްޗާ ހަވާލުވެފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޕާމަނަންޓް ސެކެޓްރީ އާމިނަތު ޝިފާނާއެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާގެ އެއްތަނބުކަމަށްވާ މުޖްތަމައުގެ ދަށުން ކުޑަކުދިންގެ ތައުލީމާއި ސިއްހަތު އަދި ކުރިއެރުމަކީ އެކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެކެވެ. އަދި މިމޭރުމުން މީގެ ކުރިންވެސް ކުންފުނިންވަނީ ކުޑަކުދިންގެ ހިޔާއަށް އެހިތެރިކަން ފޯރުކޮށްދީފައެވެ. މީގެތެރޭގައި އެތަނުގެ ބައެއް މުދައްރިސުންގެ ހަރަދުގެ އިތުރުން 2008 ވަނަ އަހަރުން ފެށިގެން ޕޭރަންޓަލް ކޮންޓްރޯލާއިއެކު ހިލޭ އިންޓަނެޓް އެ މަރުކަޒަށް ފޯރުކޮށްދެއެވެ.

ހަމައެފަދައިން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ މަރުކަޒު ފިޔަވަތީގައިވެސް ދިރާގުންވަނީ ކޮމްޕިއުޓަރ ލެބެއްގާއިމް ކޮށް ހައިސްޕީޑް އިންޓަރނެޓް ވެސް ފޯރުކޮށްދީފައިއެވެ.

- މީގެ އިތުރުންވެސް، ކޮންމެއަހަރަކުދިރާގުންބާއްވަމުންއަންނަ ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީވެސް ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގުގެ ދަށުން ބާއްވާ ރޭހެކެވެ. މީގެ އިތުރުން، ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީވެސް، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތެވެ.





Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު