އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒިދާން ރެއާލްގެ އެއްބަސްވުން އާކުރަނީ ... ؟

ޒިދާން ރެއާލްގެ އެއްބަސްވުން އާކުރަނީ ... ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ރެއާލް މެޑްރިޑްގެ ކާމިޔާބު ކޯޗު ޒައިނުއްދީން ޒިދާންއަށް ވަރަށް އަވަހަށް އެޓީމުގެ އާ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ.

ޕެރޭޒް ވިދާޅުވީ ޒިދާން މިހާރުވަނީ ޗުއްޓީގައި ކަމަށާއި އެހެންކަމުން އޭނާ އެނބުރި އައުމުން އެއްބަސްވުން އާކުރުމުގެ ކަންތަށް ފެށިގެން ކުރިޔަށްދާނެކަމަށެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ޕެރޭޒް ވިދާޅުވީ ޒިދާންއަކީ ރެއާލް މެޑްރިޑު ވަރަށް ރަނގަޅަށް ދަންނަ ކާމިޔާބު ކޯޗެއް ކަމަށާއި އެހެން ކަމުން އޭނާގެ އިރުޝާދު ޓީމަށްވަރަށް މުހިންމު ކަމަށެވެ.

" ޒިދާން ވަނީ ޗުއްޓީގައި، އޭނާ ޗުއްޓީން އައުމައި އެކު އެއްބަސްވުން އާކުރާނަން. ޒިދާނަކީ ކާމިޔަބު ކޯޗެއް." ޕެރޭޒް ވިދާޅުވިއެވެ.

ޕެރޭޒް ވިދާޅުވި ގޮތުގައި، ފާއިތުވި ހަތަރު އަހަރުތެރޭ ލިބުނު ބޮޑު އެއް ކާމިޔާބީއަކީ، ރެއާލްގެ ކޯޗުކަން ޒިދާންއާ ހަވާލުކުރުމެވެ. އެގޮތުން ރެއާލްއިން ބޭނުންވާ ކަންތައްތަށް ހާސިލުކުރުމަށް، ޒިދާން ކުރަމުންދާ މަސައްކަތް ޕެރޭޒް ފާހަގަކުރިއެވެ.

ޕެރޭޒް ވިދާޅުވީ ޒިދާންގެ އިތުރުން ރެއާލްއިން އަންނަނީ އެ ކްލަބުގެ، މުހިއްމު ބައެއް ކުޅުންތެރިންގެ އެއްބަސްވުންވެސް އާކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އިސްކޯ އާއި ކަވަހާލް އަދި ކަރީމް ބެންޒެމާ ގެ އެއްބަސްވުން އާކުރާނެ ކަމަށް ވިދާޅުވިއެވެ.

ރެއާލްގެ ކޯޗުކަމާ ޒިދާން ހަވާލުވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ، ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި، ރެއާލްއިން ވަނީ ފަސް ތަށްޓެއް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ދެ ޗެމްޕިއަންސް ލީގާއި، ސްޕެނިޝް ލީގެއް ހިމެނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން