އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިތުރު ސާހިބާ ވެރިކަން ކުރެއްވެވީ އެންމެ އާދައިގެ ރައްޔިތެއްގެ ގޮތުގައި ހުންނަވައިގެން: ޝައިޚް ނަޝީދު

އިތުރު ސާހިބާ ވެރިކަން ކުރެއްވެވީ އެންމެ އާދައިގެ ރައްޔިތެއްގެ ގޮތުގައި ހުންނަވައިގެން: ޝައިޚް ނަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އިސްލާމީ އުންމަތުގެ ވެރިކަން ކުރައްވަމުން ގެންދެވީ އެންމެ އާދައިގެ ރައްޔިތެއްގެ ގޮތުގައި. އަދި އެ ސިފައިގައި ހުންނަވައިގެން ކަމަށް އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް ވިދާޅުވެއްޖެއެވެ.

ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ ޢަޞްރުނަމާދަށްފަހު ދަރުސް ދެއްވަމުން ޝައިޚް ނަޝީދު ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަކީ 7 އުޑު މަތިން ވަޙީ ބާއްވަވައިލެއްވެވުނު ރަސޫލާ ކަމުގައިވެވަޑައިގެންނެވިއިރުވެސް އަދި އެމާތް ސާޙިބާއަކީ އިސްލާމީ މުޅި އުންމަތުގެ އެންމެ މަތީ ވެރިޔާ ކަމުގައިވެވަޑައިގެން ހުންނެވިއިރުވެސް ވެރިކަން ކުރައްވަމުން ގެންދެވީ އިތުރު ސާހިބާ ނުދަންނަ މީހަކަށް އިތުރު ސާހިބާ ފެނުމުން އެއީ އެމާތް ސާޙިބާކަން ވަކިކުރަން ވެސް އެނގިވަޑައިނުގަންނަވާ ފަދަ އާދައިގެ ސިފަފުޅެއްގައި ހުންނަވައިގެން ކަމަށެވެ.

ޝައިޚް ނަޝީދު ވިދާޅުވީ އެއީ އިތުރު އެކަލޭގެފާނުގެ ތަވާޟުޢުވެރިކަމުގެ (ހިތްޕުޅުގެ ތިރިކަން) ބޮޑުކަމުން ކަމަށާއި އަޅުގަނޑުމެންނަކީ ވެސް އެފަދަ ސިފަތައް ލިބިފައިވާ ބައަކަށް ވުމަށް މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.

"ބޭރު ޤައުމުތަކުން އިތުރު އެކަލޭގެފާނާއި ބައްދަލުކުރަން އަންނަ މީހުންނަށް އިތުރު އެކަލޭގެފާނު ފެނުމުން ވަކިކުރާކަށް ނޭނގެ. އެހެންވެ އެމީހުންނަށް ޖެހެނީ އިތުރު އެކަލޭގެފާނު ކޮބައިތޯ ސުވާލުކުރަން." ކަމަށްވެސް ޝައިޚް ނަޝީދު ވިދާޅުވިއެވެ.

މިފަދައިން ކަންކަން ވެގެން ދިއައީ ދުނިޔޭގެ އެންމެ މަތިވެރި ވެރިކަމުގައި ހުންނެވި އިރުވެސް ތުރުކުރައްވަން ޚާއްޞަ ހެދުންކޮޅެއް ނުގެންގުޅުއްވެވުމުންނެވެ. އިށީނދެވަޑައިގަތުމަށް ޚާއްޞަ ތަޚުތެއް ނުގެންގުޅުއްވެވުމުންނެވެ. ވެރިކަން ކުރައްވަވާނެ ޚާއްޞަ ގަނޑުވަރެއް ނުވަތަ އޮފީހެއް ނުބެހެއްޓެވުމުންނެވެ. މީސްތަކުންގެ މެދުގައި ޢާންމު ރައްޔިތެއްގެ ގޮތުގައި މިސްކިތްކޮޅުގައި އިންނަނަވައިގެން ކަންކަން ނިންމަވަމުން ގެންދެވުމުންނެވެ.

ޝައިޚް ނަޝީދު ވިދާޅުވީ ކައު އިތުރު ރަސުލާ މުޙައްމަދު (ޞޢވ)ގެ ފައިންޕުޅުދުށުމަށް ނުވަތަ އިތުރު އެކަލޭގެފާނާއި ބައްދަލުކުރުމަށް އެއްވެސް އެޕޮއިންޓްމަންޓެއް ހަދަން ނުޖެހޭ ކަމަށެވެ. މެދުވެރިއަކު މެދުވެރިކުރަން ނުޖެހޭ ކަމަށެވެ.

"މިއަދު ފެންނަމުންދާ މަންޒަރުތައް ވަރަށް ތަފާތު. އަޅުގަނޑު ކިޔަވަން މިޞުރުގައި ހުރިއިރު ހިނގައިދިއަ އެއް ހާދިސާއަކީ މިޞުރުގެ ރައީސް އަރިހަށް، އެއްވެސް ހަތިޔާރެއް ނެތި ހަމައެކަނި އެއްޗެއް ލިޔެފައިވާ ކަރުދާސްގަނޑެއް ހިފައިގެން ދާން މަސައްކަތްކުރި މީހެއްގެ ބޮލަށް ލައިވް ވަޒަނެއް ޖަހައި މަރާލުން. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ބައްދަލުކުރަން ހަތިޔާރާއިއެކު އައި މީހުންނާއި ބައްދަލުކުރެއްވެވި. އަދި އެކަމުގެ ސަބަބުން ރުޅިވެރިކަމުގައި އައި އެތައް ބައެއްގެ ހިތް ބަދަލުވެ އިސްލާމް ދީނަށް ވަދެ އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރާ މީހުންނަށް ބަދަލުވެގެންދިއަ." ކަމަށްވެސް ޝައިޚް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް