އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަސް ނިމިގެންދިޔަ ނަމަވެސް ހެޔޮ ޢަމަލުތައް ކުރުމުގައި ޘާބިތުވެ ދެމިތިބުމަށް ކުރީގެ ރައީސް މައުމޫން އިލްތިމާސް ކުރައްވައިފި

ރަމަޟާން މަސް ނިމިގެންދިޔަ ނަމަވެސް ހެޔޮ ޢަމަލުތައް ކުރުމުގައި ޘާބިތުވެ ދެމިތިބުމަށް ކުރީގެ ރައީސް މައުމޫން އިލްތިމާސް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ރަމަޟާން މަސް ނިމިގެންދިޔަ ނަމަވެސް ހެޔޮ ޢަމަލުތައް ކުރުމުގައި ޘާބިތުވެ ދެމިތިބުމަށް ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް އިލްތިމާސް ކުރެއްވީ މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރޭ ބޭއްވި އިހްޔާ ފޯރަމްގައި ތަޤުރީރުކުރައްވަމުންނެވެ.

ޝީ ބިލްޑިންގ ގެ އަސަރީ މާލަމުގައި ބޭއްވި މި ފޯރަމްގައި ތަޤުރީރު ކުރައްވަމުން މައުމޫން ވިދާޅުވީ ރަމަޟާން މަސް ޚާއްޞަވާ އެއްސަބަބަކީ ރަމަޟާން މަހުގެ ވާހަކަ ފިޔަވައި އެހެން އެއްވެސް މައްސަރެއްގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންވެގެން ނުވާތީ ކަމަށެވެ.

ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވާލެއްވި މައްސަރު ކަމަށާއި މިމަހުގައި 1000 މައްސަރުގެ ހެޔޮކަމާއި ދަރުމަ އެކުލެވިގެންވާ ރެއެއް މާތްﷲ ލައްވަވާފައިވާ ކަމަށެވެ. އަދި އެހެން މައްސަރުގައި ކުރާ ހެޔޮކަންތައްތަކަށްވުރެ ރަމަޟާން މަހުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބުގެ މިންވަރު އިތުރުވުމަކީވެސް ރަމަޟާން މަސް ޚާއްޞަވާ ސަބަބެއްކަމަށް މައުމޫން ވިދާޅުވިއެވެ.

"ރަމަޟާން މަސް ޚާއްޞަ މައްސަރަކަށްވީ ކީއްވެ؟" މި މައުޟޫއަށް ތަޤުރީރު ކުރައްވަމުން މައުމޫން ވިދާޅުވީ ޢާންމު މައްސަރުތަކުގައި ކުރާ ފަރުޟު އަޅުކަންތައް ރަމަޟާން މަހު 70 ދަރުމައަށް އިތުރުކުރައްވާފައިވާ ކަމަށާއި އެހެން މައްސަރުތަކުގައި ކުރާ ސުންނަތްތައް މި މައްސަރުގައި ފަރުޟެއްގެ ދަރުމައަށް އުފުއްލަވާފައިވާ ކަމަށެވެ.

ރޭގެ ފޯރަމްގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމާއި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފާއި ޖޭޕީގެ ނާއިބް ލީޑަރ ޢަބްދުﷲ ކަމާލުއްދީނާއި ޢަބްދުﷲ ރިޔާޒާއި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ބައުވެރިވެވަޑައިގެންނެވިއެވެ. އަދި މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުރީގެ ވަޒީރުންނާއި ޢިއްޒަތްތެރިންނާއި ގިނަ ޢަދަދެއްގެ ޢާންންމުންވެސް ވަނީ ބައިވެރިވެފައެވެ.

ރަމަޟާން މަހުގެ ރޭތައް އިހުޔާކުރުމުގެ ޕްރޮގްރާމަކީ ރައީސް މައުމޫން ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު 1980 ވަނަ އަހަރު ފެއްޓެވި ޕްރަގްރާމެކެވެ. އަދި ރައީސްކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށްފަހު، މައުމޫން ފައުންޑޭޝަން އުފައްދަވާ އިހްޔާމް ފޯރަމް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާތާ މިހާރު ވަނީ 8 އަހަރުވެފައެވެ.

މިއީ މައުމޫން ފައުންޑޭޝަނުން މިއަހަރު ބޭއްވި ފުރަތަމަ އަދި ފަހު ފޯރަމެވެ. ފައިންޑޭޝަންގެ ބާނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖެއިން ބޭރުގައި ދުވަސްތަކެއް ހޭދަކުރައްވަމުން ގެންދެވުމުގެ ސަބަބުން މި ފޯރަމް މިއަހަރު ނުބޭއްވުމަށް ނިންމާފައިވީ ނަމަވެސް އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެން މި ފޯރަމް ބޭއްވީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް