އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޅި ޙަޔާތް ބަދަލުވީ ދިން އެންމެ ކަރުދާސްކޮޅެއްގެ ސަބަބުން

މުޅި ޙަޔާތް ބަދަލުވީ ދިން އެންމެ ކަރުދާސްކޮޅެއްގެ ސަބަބުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ގެދޮރު ނެތި މަގުމަތީގައި ދިރިއުޅެމުން ދިޔަ އުމުރުން 77 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އުމުރުން 35 އަހަރު ހޭދަކުރީ ރީތި ޅެންތަކާއި ވާހަކަތައް ލިޔުމުގައެވެ. ނަމަވެސް އޭނާގެ އެލިޔުންތައް ކިޔާނެ އެކަކުވެސް ކުރިއަކުން ނުވިއެވެ.

ރައިމުންޑޯ އަރުޑާ ސޮބްރިންހޯ ނަމަކަށް ކިޔާ މިމީހާ ދިރިއުޅޭނެ ތަނެއް ނެތުމުން، މަގުމަތީގައި އޭނާ އަމިއްލައަށް ދިރިއުޅެވޭ ވަރުގެ ހިޔާވަހިކަމެއް ހަދައިގެން، ދުވަސްތައް ހޭދަކުރީ އެކިއެކި ލިޔުންތައް ލިޔުމުގައެވެ.

އުއްމީދު ކުރަމުން ދިޔައީ އޭނާގެ ލިޔުންތައް ކޮންމެވެސް ދުވަހަކު މީހަކު ކިޔާ، އެލިޔުންތައް ޝާޢިއު ކުރާނެ ދުވަހެއް ފެންނާނެ ކަމަށެވެ.

ރައިމުންޑޯ ގެ ދިރިއުޅުން ބަދަލުވީ 2011 ވަނަ އަހަރު ޝީލާ އާއި ބައްދަލުވުމަށް ފަހުއެވެ. ގެދޮރު ނެތް ރައިމުންޑޯއަށް އެހީތެރިވާނެ ގޮތެއް ނޭނގިފައި ހުއްޓާ، ޝީލާ އަށް ފާހަގަވީ އެމީހާ ކޮންމެވެސް އެއްޗެހިތަކެއް ލިޔާކަމެވެ. އެހެންކަމުން އޭނާ ގާތައް ދިޔުމުން، ރައިމުންޑޯ ޝީލާ އަތަށް އޭނާ ލިޔެފައި ހުރި ޅެންތަކުން ޅެމެއް ދިނެވެ.

އެޅެން ކިޔުމަށްފަހު ޝީލާ އަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. އެހެންކަމުން ރައިމުންޑޯ ގެ ލިޔުންތައް އެހެން މީހުންނާއި ޙިއްސާކޮށްލުމުގެ ގޮތުން ފޭސްބުކް ޕޭޖެއް ޝީލާ ހެދިއެވެ.

ރައިމުންޑޯ ގެ ލިޔުންތައް ފޭސްބުކްގައި މަޝްހޫރުވެ، ގިނަ މީހުން އޭނާއާއި ބައްދަލު ކުރަން ފެށިއެވެ. އެކިއެކި ލިޔުންތައް ލިޔުމަށް އޭނާގެ ފަރާތުން ޚިޔާލުވެސް ހޯދިއެވެ. އަދި ރައިމުންޑޯ އަށް ހަދިޔާ ވެސް ގެނެސްދީ ހެދިއެވެ.

ފޭސްބުކް ޕޭޖުގެ ސަބަބުން ރައިމުންޑޯ އަށް ލިބުނު އެންމެ ބޮޑު ހަދިޔާއަކީ، އޭނާގެ ގެއްލިފައިވި ބޭބެ އަލުން ފެނުމެވެ. އަދި އޭނާއާއިއެކު އެގޭގައި ދިރިއުޅެން ގެންދިޔުމެވެ.

މިހާރު ރައިމުންޑޯ އަށްވަނީ އޭނާ ދެކެ ލޯބިވާ މީހުންނާއިއެކު ދިރިއުޅެން ގެއެއް ލިބިފައެވެ. އަދި އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ލިޔުންތައް ފޮތެއްގެ ސިފައިގާ ޝާއިއު ކުރުމަށެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ