އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން ކެއަރ ސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދީފި

ދިރާގުން ކެއަރ ސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ދިރާގުން ކެއަރސޮސައިޓީގެ ފަރާތުން ހިންގުމަށް ގަސްތުކުރައްވާ ވޮކޭޝަނަލް ޓްރެއިނިންގ ކްލާސްތަކަށް ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕް އަދި ހައިސްޕީޑް އިންޓަނެޓް ކަނެކްޝަން ފޯރުކޮށްދީފިއެވެ.

ދިރާގުހެޑްއޮފީހުގައިމިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން މިތަކެތި ކެއާސޮސައިޓީއާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދެވެ. ކެއަރ ސޮސައިޓީގެ ފަރާތުން މިތަކެއްޗާއި ހަވާލުވެފައިވަނީ އެޖަމިއްޔާގެ ވައިސް ޗެއާޕާރސަން އިސްމާއިލް އަދުހަމްއެވެ.

ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއަކަށްވެފައި މިކަމަކީ މި ޒިންމާގެ ދަށުން ކުރެވިގެންދިޔަ ވަރަށް މުހިންމު ކަމެކެވެ.

ދިރާގުންވަނީ އެކި ގޮތްގޮތަށް ވޭތުވެދިޔަ އަހަރު ތަކުގައި ކުޑަކުދިން ހިމާޔަތް ކުރުމާއި ކުޑަކުދިންގެ ތައުލީމާއި ތަރައްޤީއަށްމަސައްކަތްކުރާ އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިއެވެ. އެގޮތުން މިދިޔަ އަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކެއަރ ސޮސައިޓީގައި އަރލީ އިންޓަވެންޝަން ކްލާހެއް ހިންގުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުންވެސް ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީވެސް ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގުގެ ދަށުން ބާއްވާ ރޭހެކެވެ. އަދި ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީވެސް، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ އެފަދަ އެންމެ ބޮޑު ހަރަކާތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް