އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތަދޫ އެކްސިޑެންޓުގައި އަނިޔާވި ދެމީހުން މާލެ ގެންނަނީ

ހިތަދޫ އެކްސިޑެންޓުގައި އަނިޔާވި ދެމީހުން މާލެ ގެންނަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

އައްޑޫސިޓީ ހިތަދޫ ބޮޑުމަގުގައި މިއަދު ހަވީރު ހިނި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންވެސް އިތުރުފަރުވާއަށް މާލެ ފޮނުވަންޖެހޭ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެ ދެމީހުން މާލެ ފޮނުވަންޖެހެނީ އެކްސިޑެންޓުގައި ދެމީހުންގެ ބޮލަށްވެސް ލިބިފައިވާ އަނިޔާއަށް އިތުރުފަރު ކުރުމަށެވެ. ހޮސްޕިޓަލުން ވިދާޅުވީ ދެމީހުންގެވެސް ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ތަފްސީލެއް ނުދެއްވައެވެ.

އެ ދެމީހުންނަށްވެސް މިހާރު ފަރުވާދެމުން ގެންދަނީ އައީސީޔޫގައި ބައިތިއްބައިގެންނެވެ. އެދެމީހުންނަށް މޯލްޑިވިއަންގެ ބޯޓަކުން ޖާގައެއް ލިބޭއިރަށް މާލެ ފުރުވައިލާނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާސަންދައިން ވަނީ ދެ މީހުންގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސަވައިފައެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވާ އުމުރުން 18 އަހަރުގެ ކުއްޖާގެ ނަމަކީ އާއިޝް އެވެ. 22 އަހަރުގެ ޒުވާނައަށް ކިޔަނީ މުންސިފެވެ. އެ އެކްސިޑެންޓް ހިނގީ ދެމީހުން ދުއްވާފައިދިޔަ ސައިކަލް ޕިކަޕެއްގައި ޖެހިގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު