އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިޔާތަކެތީގެ މާނަ ނޭނގޭނަމަ ނަމާދުން ލިބޭ މާރކްސް ކެނޑޭނެ!: ޑރ. ޢަބްދުﷲ ޝިހާމް

ކިޔާތަކެތީގެ މާނަ ނޭނގޭނަމަ ނަމާދުން ލިބޭ މާރކްސް ކެނޑޭނެ!: ޑރ. ޢަބްދުﷲ ޝިހާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ނަމާދުކުރާއިރު ކިޔަންޖެހޭ ތަކެތި ވަނީ ބަޔާންވެގެންނެވެ. އުނި އިތުރެއް ނުގެނެވޭނެއެވެ. އެތަކެތި ކިޔަންޖެހޭނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދަސްކޮށްދެއްވަވާފައިވާ ގޮތަށެވެ.

ނަމާދުކުރުމުގެ މަތިވެރި ސަވާބު ލިބެނީ ޚުޝޫޢަތްތެރިކަމާއިއެކުގައި ނަމާދުކުރުމުންނެވެ. ފުރިހަމައަށް ޚުޝޫޢަތްތެރި ވެވޭނީ ތިމާގެ ޚިޔާލާއި ފިކުރުތައް ނަމާދުކުރާއިރު ކިޔާތަކެއްޗަށް ޚާއްޞަކޮށްގެންނެވެ. އެކަން ކުރެވޭނީ ނަމާދުގައި ކިޔާތަކެތީގެ މާނަ އެނގިގެންނެވެ.

ނަމާދަށް ފެށީންސުރެ ޝައިޠާނާ މަސައްކަތްކުރާނީ މީހާގެ ވިސްނުން ދުނިޔަވީ ކަންކަމުގެތެރެއަށް ޣަރަޤުކޮށްލޮމަށެވެ. މޮޅު ޚިޔާލުތައް ގެނުވާނެއެވެ. ހަނދާނުން ނެތިފައިވާ ކަންކަން ހަނދާންކޮށްދޭނެއެވެ. ޚިޔާލީ ފޮލާތައް ކައްކާނެއެވެ. މިކަންކަމުން ސަލާމަތްވެ ހުރެ ނަމާދުކުރެވޭނީ ނަމާދުގައި ކިޔާތަކެތީގެ މާނަ އެނގިގެންނެވެ. ކިޔަމުންދާއިރު އެތަކެތީގެ މާނަ ހިތަށް ގެނެސްގެންނެވެ.

ނަމާދުކުރުމުން ލިބޭ ފުލްމާކްސް ލިބޭނީ ނަމާދުގައި ހުންނައިރު އިތުރު ޚިޔާލާއި ފިކުރުތައް ދޫކޮށް ހަމަ އެކަނި ނަމާދަށް ސަމާލުކަންދީގެންކަމަށްވާއިރު ސަމާލުކަން ކުޑަވެ އެހެން ޚިޔާލާއި ފިކުރުތައް ކުރެވޭނަމަ ލިބެންޖެހޭ މާރކްސް ދާނީ އުނިވަމުންނެވެ.

ނަމާދުގައި ކިޔާ ތަކެއްޗަކީ އެހައި ގިނަ ތަކެއްޗެއް ނޫނެވެ. ކޮންމެ ރަކްއަތެއްގައިވެސް ޢާންމުގޮތެއްގައި ތަކުރާރުކުރެވެނީ ހަމަ އެއް ޙަމްދު ޘަނާތަކެކެވެ. އައްތަޙިއްޔާތު ފިޔަވައެވެ. އެހެންކަމުން މިމަދު ކިޔުންކޮޅު ހިތު ދަސްކޮށްލުމަކީ ނުހަނު ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އޮތީ ހަމަ ކުޑަ ހިތްވަރެއް ކޮށްލުމެވެ.

(ޑރ. ޢަބްދުﷲ ޝިހާމްގެ ދަރުސަކުން)

ޛިކުރުކުރުމާއިމެދުވެސް އައްޝައިޚް ޢަޒްމަތު ޖަމީލް ވަނީ ހަމަ މިމޭރުމުން ދަރުސް ދެއްވައިފައެވެ.

އެކަމުގެ މިސާލު ދައްކަވަމުން ޝައިޚް ޢަޒްމަތް ޖަމީލް ވިދާޅުވީ ސުބްޙާނަﷲ ކިޔާއިރު އެއިގެ މާނަ ހިތަށް ނުގެނެސް އަވަސްއަވަހަށް ކިޔައިލުމުން ނުފުދޭނެ ކަމަށެވެ. ޛިކުރުކުރުމުގެ ފައިދާ ވެސް ކުރާނީ ކިޔާ ތަކެތީގެ މާނައަށް ވިސްނައި މާނަ ހިތަށް ގެނެސް މަޑުމައިތިރިކަމާއިއެކު ޛިކުރުކުރުމުން ކަމަށެވެ.

އެހެންކަމުން "ލާރިއަކަށް 2 ކުރޮޅި- އެޕިކަޕުން މިޕިކަޕަށް" ކިޔައި އުޅޭ އުޞޫލުން ޛިކުރުކުރުމަކީ ޛިކުރުކުރަން އޮތް މަގު ނޫންކަން ހާމަވެގެންދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް