އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހުގެ ކޮންމެ ރެއަކު ޞަދަޤާތެއް ކުރާނަމަ 83 އަހަރާ 4 މަހު ޞަދަޤާތް ކުރުމުގެ ސަވާބު ލިބޭނެ: ޝައިޚް އާދަމް ޝަމީމް

ރަމަޟާން މަހުގެ ކޮންމެ ރެއަކު ޞަދަޤާތެއް ކުރާނަމަ 83 އަހަރާ 4 މަހު ޞަދަޤާތް ކުރުމުގެ ސަވާބު ލިބޭނެ: ޝައިޚް އާދަމް ޝަމީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 42 ސިކުންތު

ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ރަމަޟާން މަހުގެ ކޮންމެ ރެއަކު ޞަދަޤާތްކުރަމުން ގެންދާނަމަ ލައިލަތުލްޤަދްރް ވިލޭރޭ ވެސް ޞަދަޤާތް ކުރެވޭނެ ކަމަށާއި އެއިރުން އެމީހަކަށް ލިބިގެން އެދަނީ 83 އަހަރާއި 4 މަސް ދުވަހު ޞަދަޤާތް ކުރުމުގެ ސަވާބު ކަމަށް އައްޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ޝައިޚް އާދަމް ޝަމީމް ވިދާޅުވީ އަބަދުވެސް އެންމެ ދީލަތި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ރަމަޟާން މަހަށް ދީލަތިކަން އިތުރު ކުރައްވަވާ ކަމަށާއި އެހެންކަމުން އަޅުގަނޑުމެންނަށްވެސް ވެވެން އޮތް މިންވަރަކުން ރަމަޟާން މަހު ދީލަތިވާންޖެހޭނެ ކަމަށެވެ.

ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ހޯދަން އެދޭމީހާއަށް އޮތީ ހަމައެކަނި ރޯދަ ހިފުމެއް ނޫނެނެވެ. ރޯދަ ހިފުމާއިއެކު އެހެނިހެން އަޅުކަންތައް ވެސް ކުރުން އިތުރުކުރުމަކީ ރޯދައިގެ ސަވާބާއި ދަރުމަ އިތުރުވެގެންދާނެ ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް