އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗިލީގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް އެލަކްސިސް ސަންޗޭޒްއަށް.

ޗިލީގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް އެލަކްސިސް ސަންޗޭޒްއަށް.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ޗިލީގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އެލެކްސިސް ސަންޗޭޒްއަށް ލިބިއްޖެއެވެ.

ސަންޗޭޒްއަށް މި މަޤާމު ލިބުނީ ރަޝިއާގައި މިހާރު ކުރިޔަށްދާ ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ގްރޫޕް ބީ ގައި ރޭ ޖަރުމަނާއި ޗިލީ ބައްދަލުކުރި މެޗުގައި ކާމިޔާބުކުރި ލަނޑުންނެވެ.

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި ދެކޮޅަށް ޗިލީ ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ރޭގެ މި ނަތީޖާއާއެކު ދެޓީމުވެސް ވަނީ ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފައެވެ. އެގޮތުން ޗިލީ އަދި ޖަރުމަން އަށްވެސް ވަނީ ދެމެޗުން 4 ޕޮއިންޓް ލިބިފައެވެ.

އެހެން ނަމަވެސް ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ލިބެނީ ޗިލީއަށެވެ. މި ގްރޫޕުގެ ދެވަނަ ޖަރުމަނަށް ލިބޭއިރު ގްރޫޕްގެ ތިންވަނަ ލިބެނީ އޮސްޓްރޭލިއާ އަށެވެ. އަދި މި ގުރޫޕުގެ އެންމެ ފުލުގައި އޮތީ ކެމަރޫންއެވެ.

ފޯރިގަދަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑުނަގާފައިވަނީ ޗިލީންނެވެ. މި ގޯލު މެޗުގެ ހަވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި އެލަކްސިސް ސަންޗޭޒްއެވެ.

މި ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ޗިލީގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހިކުޅޫންތެރިއާ އަށެވެ. އޭނާ ވަނީ ޗިލީގެ ގައުމީޓިމަށް ކުޅެދިން 113 މެޗުގައި 38 ލަނޑު ޖަހާފައެވެ. މި ރެކޯޑު މީގެކުރިން އޮތީ މާސެލޯ ސަލާސްގެ އަތުގައެވެ.

ޖަރުމަނުން މެޗުގެ ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ ކުޅުން ނިމެންދަނިކޮށް މެޗުގެ 41 ވަނަ މިނެޓްގައި ލާސް ސްޓިންޑެލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހަފުގައި އިތުރު ލަނޑެއް ޖެހޭތޯ ދެޓީމުންވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

ރޭގެ މި ނަތީޖާއާއެކު މި ދެ ޓީމަށްވެސް މުބާރާތުގެ ސެމީފައިނަލަށް ދިޔުމަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕްގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ޗިލީ ބައްދަލުކުރާނީ އޮސްޓްރޭލިއާއާއެވެ. ޖަރުމަނު ނިކުންނާނީ ކެމަރޫންއާ ދެކޮޅަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން