އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެކްސްއަށް މަކަރު ހެދުމުން ޑި މާރިއާއަށް އެއް އަހަރުގެ ޖަލު ޙުކުމެއް...

ޓެކްސްއަށް މަކަރު ހެދުމުން ޑި މާރިއާއަށް އެއް އަހަރުގެ ޖަލު ޙުކުމެއް...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ޓެކްސްއަށް މަކަރުހެދުމުގެ ސަބަބުން ޕީއެސްޖީގެ އާޖެންޓީނާ ތަރި އެންހެލް ޑިމަރިއާއަށް ޖަލުހުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޑިމަރިއާއަށް ޖަލުހުކުމަކާއި ކުރިމަތިލާން ޖެހިފައިމިވަނީ ދައްކަން ޖެހޭ ޓެކްސްތަކެއް ނުދައްކާ ހުރުމުން އޭނާގެ މައްޗައް އުފުލާފައިވާ ޓެކްސްއަށް މަކަރު ހެދި ކަމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗައް ސާބިތުވުމާއި ގުޅިގެންނެވެ.

އެގޮތުން ޑިމަރިއާއަށް ކުރިމަތިލާން ޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ޖަލު ޙުކުމަކާއެވެ.

ސްޕެއިންގެ ޕްރޮސެކިއުޓާރ ބުނާގޮތުގައި ޑި މާރިއާ ރެއަލް މެޑްރިޑްގައި ހޭދަކުރި ދުވަސްވަރު އިމޭޖް ރައިޓްސްގައި ލިބުނު ފައިސާގެ ތެރެއިން 1.3 މިލިއަން ޔޫރޯ ޓެކްސްގެ ގޮތުގައި އޭނާ ވަނީ ނުދައްކާ މަކަރު ހަދާފައެވެ. އަދި ޑިމަރިއާ ވަނީ އެކަމަށް އެއްބަސްވެސް ވެފަކަމަށް ޕްރޮސެކިއުޓާރ ބުނެއެވެ.

ސްޕެއިންގެ ޤާނޫނު ބުނާގޮތުން ދެ އަހަރަށްވުރެ ކުރު މުއްދަތެއްގެ ޖަލު ޙުކުމެއް އައިސް އެއީ ކުށްކުރި މީހާގެ ފުރަތަމަ ފަހަރު ކަމުގައި ވާނަމަ ޖަލަށް ނުގޮސް ސަލާމަތްވެއެވެ. އެހެން ނަމަވެސް ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދު ދައްކަން ޖެހޭނެ އެވެ. އެގޮތުން ޑިމަރިއާ ސަލާމަތްވުމުގެ ފުރުޟަތު އޮތް ނަމަވެސް ޖޫރިމަނާގެ ގޮތުގައި 1.76 މިލިއަން ޕައުންޑް ދައްކަން ޑި މާރިޔާ އަށް ވަނީ ޖެހިފައެވެ.

ޓެކްސް ނުދައްކާ ކަމަށް ބުނެ ރިއަލް ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އަދި ރެއާލްގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯގެ އިތުރުން ރެއާލްއާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް ވަނީ ޓެކްސް ނުދައްކާ ކަމުގެ ދަޢުވާ އުފުލާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން