އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަލާހު އެންމެ ފަހުން ލިވަޕޫލްއަށް ސޮއިކޮށްފި.

ސަލާހު އެންމެ ފަހުން ލިވަޕޫލްއަށް ސޮއިކޮށްފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

އިޓަލީގެ ރޯމާއަށް ކުޅެމުން އައި މިސްރުގެ ހުނަރުވެރި ފޯވާޑް މުހައްމަދު ސަލާހު ލިވަޕޫލްއަށް ސޮއިކޮށްފިއެވެ.

ސަލާހް ލިވަޕޫލަށް ސޮއިކޮށްފައި މިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް 34 މިލިއަން ޕައުންޑަށެވެ.

އުމުރުން 25 އަހަރުގެ ސަލާހް އަކީ މީގެ ކުރިންވެސް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ޗެމްޕިއަން ޗެލްސީއަށް ކުޅެފައެވެ.

ޗެލްސީގައި ހޭދަކުރި ދުވަސްތަކުގައި ސަލާހުއަށް، އޭނާގެ އެންމެ މޮޅު ކުޅުން ދެއްކޭގޮތް ނުވި ނަމަވެސް، ފަހުން އޭނާ ވަނީ ފިއޮރެންޓީނާއަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އޭގެފަހުން ލޯނެއްގެ ދަށުން އޭނާ ބަދަލުވީ ރޯމާއަށެވެ. ލޯނުގެ މުއްދަތުގައި ސަލާހުގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަޖެހުމުން، އެ ކްލަބުން ވަނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި، 15 މިލިއަން ޕައުންޑްގެ އަގަކަށް އޭނާ ގަނެފައެވެ.

މިދިޔަ ސީޒަނުގައި، ރޯމާގައި މޮޅު ކުޅުމެއް ދައްކާ ސަލާހު ވަނީ ލީގުގައި އެ ކްލަބަށް ކުޅެދިން، 31 މެޗުގައި 15 ގޯލު ކާމިޔާބުކޮށްދީފައެވެ.

އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަކުރުމުގެ މަސައްކަތް، ލިވަޕޫލްއިން ފަށާފައިވާއިރު، އެ ކްލަބުން ދާދިފަހުން ވަނީ، ޗެލްސީގެ ޒުވާން ފޯވާޑް، ޑޮމިނިކް ސޮލާންކީ ވެސް ގެންގޮސްފައެވެ.

ލިވަޕޫލް މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގު، ނިންމާލީ ހަތަރުވަނައިގައި އޮވެއެވެ. އެއާއެކު ލިވަޕޫލްއަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުޅޭ ޕްލޭއޮފް ބުރުން ޖާގައެއް ލިބިފައެވެ.

ސަލާހު ލިވަޕޫލްއަށް ބަދަލުވުމާ ގުޅިގެން އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނީ ސަލާހް އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ލިބުމުން ވަރަށް ހިންހަމަ ޖެހޭކަމަށެވެ.

"ސަލާހް އަކީ ކުރިންވެސް އަހަރެމެންގެ ވަރަށް ބޮޑު ޓާގެޓެއް. އެއީ މޮޅު އަދި ތަޖުރިބާގެ ގޮތުންވެސް އަރާޖުރި ކުޅުންތެރިއެއް. ސަލާހް ކަހަލަ މޮޅު ކުޅުންތެރިއަކު ލިބުމަކީ ލިބުނު ބޮޑު ކުރިއެރުމެއް". ލިވަޕޫލްގެ ކޯޗު ކްލޮޕް ބުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން