އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިފި ރޯދަތައް ވަނީ އުޑާ ބިމާ ދެމެދުގަ ހިފެހެއްޓިފަ- ﷲގެ ޙަޟްރަތަށް އުފުލިގެންދާނީ ފިޠުރު ޒަކާތް ދެއްކުމުން؛ ޙަދީޘް

ހިފި ރޯދަތައް ވަނީ އުޑާ ބިމާ ދެމެދުގަ ހިފެހެއްޓިފަ- ﷲގެ ޙަޟްރަތަށް އުފުލިގެންދާނީ ފިޠުރު ޒަކާތް ދެއްކުމުން؛ ޙަދީޘް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ރަމަޟާން މަހު ހިފާ ރޯދައާއި ފިޠުރު ޒަކާތް ދެއްކުމާއި ހުރި ގުޅުން، މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްދެއްވަމުން އިމާމް ވިދާޅުވީ "ރަމަޟާން މަހުގެ ރޯދަ ވަނީ އުޑާއި ބިމާއި ދެމެދުގައި ހިފެހެއްޓިފައި ކަމަށާއި ފިޠުު ޒަކާތް ދެއްކެމުން މެނުވީ އެރޯދަ (ﷲގެ ޙަޟްރަތަށް އުފުލިގެން ނުދާނެ" ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢޥ) ޙަދީޘްފުޅު ކުރައްވަވާފައިވާ ކަމަށެވެ.

"ފިޠުރު ޒަކާތަކީ ތިމާ އާއި އަނބި ދަރީންގެ ފަރާތުން ވެސް ތިމާ ދައްކަންޖެހޭ އެއްޗެއް. ދަރިންގެ ތެރެއިން ދައްކަން ޖެހޭނީ ބާލިޣް ނުވާ ކުޑަކުދިންގެ ފަރާތުން. އަންހެން ދަރިން ބާލިޣްވި ނަމަވެސް ކައިވެނިކުރަންދެން ފިޠުރު ޒަކާތް ދައްކަން ޖެހޭނީ ބައްޕައަށް."

އިމާމް ވިދާޅުވީ ފިޠުރު ޒަކާތަކީ ތިމާގެ (ޒަކާތް ދެއްކުން ވާޖިބުވާ މީހުންގެ) ކިބައިގައި އެޅިފައިވާ ދަރަންޏެއް ކަމަށެވެ. އެކަމުގެ ދަލީލު ދައްކަވަމުން ވިދާޅުވީ ޖުމްހޫރުން ވިދާޅުވަނީ މީހަކު ފިޠުރު ޒަކާތް ނުދައްކާ ހުއްޓައި މަރުވެއްޖެނަމަ އެމީހާގެ މުދަލުން އެތަކެތި ނެރެންޖެހޭނެ ކަމަށް ކަމަށެވެ.

ފިޠުރު ޒަކާތަކީ ވަރަށް ގިނަ ގޮތްގޮތުން ޘަވާބާއި ދަރުމަ ހިމެނިގެންވާ ކަމެކެވެ. "އިލްމުވެރިން ވިދާޅުވާ ގޮތުގައި ފިޠުރު ޒަކާތަކީ ނަމާދުކުރާއިރު ކުށެއް ކުރެވުމުން ޖަހާ ކުށުސަޖިދަ ފަދަ ކަމެއް" ކަަމަށްވެސް އިމާމް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް