އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަމަލުތައް ސީދާކުރަން ނިޔަތްގަނެގެން މަސައްކަތްކުރާ މީހާއަށް އެކަން ﷲ ފަހިކޮށް ދެއްވަވާނެ: ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް

ޢަމަލުތައް ސީދާކުރަން ނިޔަތްގަނެގެން މަސައްކަތްކުރާ މީހާއަށް އެކަން ﷲ ފަހިކޮށް ދެއްވަވާނެ: ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ތިމާގެ އަމަލުތައް ސީދާކުރަން ގަނެގެން އެކަމަށް އަޒުމް ކަނޑައަޅައިގެން އެކަމަށްޓަކައި މަސައްކަތްކުރާމީހާއަށް އެކަން މާތްﷲ ފަހިކޮށްދެއްވަވާނެ ކަމަށާއި އަޅުގަނޑުމެންނަށް އޮތީ އިޚްލާޞްތެރިކަމާއިއެކު އެކަމަށް މަސައްކަތްކުރުން ކަމަށް ދީނީ ކަންތައްތަކާއިބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތައްޝައިޚް މުޙައްމަދު މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރޭގެ އިހްޔާ ފޯރަމްގައި ދަރުސް ދެއްވަމުން ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ރަމަޟާން މަސް ނިމިގެންދާއިރު އެންމެ މުހިންމީ ރަމަޟާން މަހު ތިމާގެ އަމަލުތައް ބެހެއްޓިފަދައިން ކުރިއަށް އޮތް މައްސަރުތަކުގައި ވެސް އަމަލުތައް ބެހެއްޓުމަށް ޢަޒުމް ކަނޑައެޅުން ކަމަށެވެ. "އެމީހަކު ނިޔަތް ގަތް ގޮތަކަށް އެކަމެއް މާތްﷲ ފަހިކޮށް ދެއްވަވާނެ."

ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ރޭދުވާ ތަކުރާރުވުމުގައި ޤައުމުތަކަށް ތަފާތު ނަމަވެސް ލައިލަތުލްޤަދްރް ވިލޭރޭ، ހުރިހާ ޤައުމަކަށްވެސް ވާނީ އެއް ރެއަކަށް ކަމަށެވެ. އެއީ މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ސަބަބުން ކަމަށެވެ.

ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަމާއިމެދު ދީނީ ޢިލްމުވެރިންގެ މެދުގައި ތަފާތު ރައުޔުތައް ހުރި ނަމަވެސް އެރެއަކީ ކޮން ރެއެއްކަން އެއްވެސް މީހަކަށް ނުއެނގޭނެ ކަމަށެވެ. އެހެންކަމުން އެރޭގެ ބަރަކާތް ހާޞިލުކުރަން ބޭނުންވާ މީހާއަށް އޮތީ މުޅިމަހުގައި އިހްޔާ ކުރުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް