އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ ރަސޫލާ (ޞޢވ) އަށް ފުރައްސާރަކުރުމަކީ ޒޯނުން ބޭރުގައި ޕާކުކުރުމަށްވުރެ ކުޑަކަމެއް!

ރާއްޖޭގަ ރަސޫލާ (ޞޢވ) އަށް ފުރައްސާރަކުރުމަކީ ޒޯނުން ބޭރުގައި ޕާކުކުރުމަށްވުރެ ކުޑަކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ސައިތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށް ދައުވާ ކުރަމުން އަންނަ މި ދިވެހިރާޖޭގައި މިއުންމަތުގެ ނަބިއްޔާ، އެބޭކަލަކަށް އަޅުގަނޑުމެން ތަބައަވެ އެބޭކަލެއްގެ ސުންނަތުގައި ހިފަހައްޓައިގެން މިތިބަ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކުރުމަކީ ޒޯނުން ބޭރުގައި ވެހިކަލެއް ޕާކުކުރުމަށްވުރެ ކުޑަ ކަމެކެވެ.

އެހެނީ ޒޯނުން ބޭރުގައި ވެހިކަލް ޕާކުކުރީމާ ސްޓިކަރ ޖަހައެވެ. އެއް ސިޓިކަރއަށްވުރެ އަނެއް ސްޓިކަރގެ އަގު ވެސް ބޮޑުވާ ގޮތަށެވެ. އެހެންކަމުން ވަރަށް ގިނަ ބައަކު ސްޓކަރ ލިބިނުގަނެވޭތޯ ގަދައަޅައި މަސައްކަތްކުރެއެވެ. މިއާއި ޚިލާފަށް ކައު އިތުރުު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކުރުމަކީ ރާއްޖޭގައި 100 އިންސައްތަ "ފްރީ" ކަމެކެވެ. އެކަމަށް ދޭނެ އެއްވެސް އަދަބެއް ޤާނޫނުގައި ނެތުމުންނެވެ.

ޒޯނުން ބޭރުގައި ސައިކަލް ބަހައްޓާތޯ ފުލުހުން ބަލައެވެ. ބައެއް ފަހަރު ނަޞޭޙަތްތެރިވެސް ވެއެވެ. އެއީ ޤާނޫނުގައި އެކަމަކީ މަނާކޮށްފައިވާ ކަމަކަށްވާތީއެވެ. ފުލުހުންނަށް ހުރިހައި ވަސީލަތްތަކެއް ލިބިފައި ހުރިއިރުވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކުރާ މީހުން ހޯދައި ފިޔަވަޅު އަޅާތަނެއް ނުފެނެއެވެ. އެއީ ޤާނޫނުގައި އެކަން ބަޔާންކޮށްފައި ނެތުމުން ކަމަށް ޤަބޫލުކުރަންޖެހެއެވެ.

ރާއްޖޭގައި އެކަން ކުށަކަށް ނުވަނީ ރާއްޖެ ޤަބޫލުކުރާ އިސްލާމް ދީނުގައި އެކަން އޮންނަ ގޮތަކުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

ސައްތައިން ސައްތަ އިސްލާމް ނޫން އިންޑޮނޭސިއާގެ ގަވަރުނަރަކު އިސްލާމް ދީނަށް ފުރައްސާރަކުރުމުން މިއަހަރުގެ މޭމަހު ވަނީ 2 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ.

އެހުކުމް އިއްވާފައިވަނީ ކްރިސްޓިއަން ގަވަރުނަރެއްގެ މައްޗަށެވެ. ކްރިސްޓިއަނުން ކަންބޮޑުވެ ސަރުކަރާއި ފަނޑިޔާރުންގެ ފަހަތުން ދުވަމުން ދަނިކޮށެވެ. ރާއްޖޭގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކުރަމުން ގެންދަނީ މުސްލިމުންގެ ނަމުގައި ތިބެގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް