އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހުން މާލެގެނެސްފި

ހިތަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހުން މާލެގެނެސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 38 ސިކުންތު

އައްޑޫސިޓީ ހިތަދޫގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މުންސިފާއި، އާއިޝްއަށް އިތުރުފަރުވާ ދިނުމަށް މާލޭ ގެނެސްފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އެދެމީހުން މާލޭ ފޮނުވާފައިވަނީ ރޭދަންވަރު މޯލްޑިވިއަންގެ ފުލައިޓުން ކަމަށެވެ. އެމީހުން ފުރުވާލިއިރުވެސް ހާލުދެރަކަމަށް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

އެދެމީހުން މާލެ ފުރުވަންދެން ފަރުވާ ދެމުން ގެންދިޔައީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

އެކްސިޑެންޓުގައި އެދެމީހުންގެ ބޮލަށްވަނީ ވަރަށްބޮޑަށް އަނިޔާވެފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައެވެ. އެދެމީހުން ދުއްވާފައި ދިޔަ ސައިކަލް ގޯޅިއަކުން ނުކުތް ޕިކަޕެއްގައި ޖެހުމުން އެދެމީހުން ވިއްސައިގެންގޮސް ޖެހިފައިވަނީ މާދުރުގައި ކަމަށް މަންޒަރުދުށް ކަމަށް ބުނާމީހުން މީޑިއާތަކުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު