އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޕީމާކެޓުގެ ރަމަޟާން ވޮލީ ޓޯނަމެންޓުގެ ފައިނަލަށް މިކްސް ސިކްސް ދަތުރުކޮށްފި

ހެޕީމާކެޓުގެ ރަމަޟާން ވޮލީ ޓޯނަމެންޓުގެ ފައިނަލަށް މިކްސް ސިކްސް ދަތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އައްޑޫ ސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހެޕީ މާކެޓް ރަމަޟާން ވޮލީބޯލް ޓޯނަމެންޓް” ގެ ފައިނަލަށް މިކްސް ސިކްސް ދަތުރުކޮށްފިއެވެ.

އެޓީމް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ޗެމްޕިއަންޓީމާ ބައްދަލުކޮށް 3-2 ސެޓުން މޮޅުވެގެންނެވެ.

އެމެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ މިކްސް ސިކްސްގެ ޖާޒީ ނަމްބަރު 11 އަހުމަދު ދީދީއެވެ. ކުއީންއޮފްދަ މެޗަކީ ޗެމްޕިއަންޓީމުގެ ޖާޒީ ނަމްބަރު 8 ރިޝްމާ އިބްރާހީމެވެ.

އެ މެޗުން ޗެމްޕިއަން ޓީމް ބަލިވިޔަސް ފައިނަލަށް ދިޔުމުގެ ފުރުސަތު އެޓީމަށް އަދިވެސް އެބައޮތެވެ. މިރޭކުޅޭ ސެމީގެ ފައިނަލުގެ ދެވަނަމެޗުން މޮޅުވާ ޓީމަކާ ބައްދަލުކުރުމުގެ ފުރުސަތު ޗެމްޕިއަންޓީމަށް ލިބޭނެއެވެ. ތިންވަނަ ސެމީގައި އެޓީމާ ބައްދަލުކޮށް މޮޅުވެއްޖެނަމަ ޗެމްޕިއަންޓީމަށް ފައިނަލުގެ ދެވަނަ ޖާގަ ލިބޭނެއެވެ.

ސެމީފައިނަލުގެ ދެވަނަ މެޗު މިރޭ ކުޅޭނެއެވެ. ބައްދަލުކުރާނީ ކުލަބު އީޖީޕީއާއި، ޓީމް ޕެޓޫއެވެ. މި މެޗުން މޮޅުވާ ޓީމް ތިންވަނަ ސެމީގައި ބައްދަލުކުރާނީ ރޭގެ މެޗުން ބަލިވި ޗެމްޕިއަންޓީމާއެވެ. ތިންވަނަ ސެމީ ކުޅޭނީ ހޮނިހިރު ދުވަހުގެރޭގައެވެ.

މި މުބާރާތަކީ ފޭދޫ ޒުވާނުން އިސްނަގައިގެން މިރޯދަމަހު ބާއްވަމުންދާ މުބާރާތެކެވެ. މަގުސަދަކީ ކުޅިވަރުގެ ރޫހު އެރަށުގައި އާލާކޮށް ދިރުވުމެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާއި، ދި ފޭދޫ ސްޕޯޓްސް ކުލަބާއި، ބެންކުއިޓުގެ އެހީތެރިކަމާއެކުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު