އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަ މަހުގެ ގެއްލިފައިވާ ރޯދައެއް ހުއްޓާ ޝައްވާލު މަހުގެ ހަ ރޯދަ ހިފިދާނެ ހެއްޔެވެ؟

ރޯދަ މަހުގެ ގެއްލިފައިވާ ރޯދައެއް ހުއްޓާ ޝައްވާލު މަހުގެ ހަ ރޯދަ ހިފިދާނެ ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ޖ. ދަންނަބޭކަލުންގެ މެދުގައި މިކަމާމެދު ޚިލާފެއް އެބަ އޮތެވެ. އެބަސްފުޅުތަކުގެ އަލީގައި ދެންނެވޭނީ އެންމެ ހެޔޮކަން ބޮޑު ގޮތަކީ ޤަޟާކުރަންޖެހޭ ފަރުޟު ރޯދަ ސުންނަތް ރޯދައިގެ މައްޗައް އިސްކުރުމެވެ.

ޙަދީސްގައިވެސް އައިސްފައިވަނީ " ފަރުޟު ރަމްޟާން މަހު ރޯދަ އަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ. "
މިހެންކަމުން ރަމަޟާން މަހުގެ ރޯދަ ތަކުގެ ތެރެއިން ޤަޟާކުރަން ޖެހޭ ރޯދައެއް ވެއްޖެ ނަމަ، އޭނާ ޖެހޭނޭ އެރޯދަތައް ފުރިހަމަ ކުރުމަށެވެ. އެހެނީ އެއީ ފަރުޟެވެ. ހަ ރޯދަ އަކީ ސުންނަތް ރޯދައެކެވެ. ﷲ ގެ ދަރަނި އަދާކުރުން ވާޖިބެވެ. މިދެންނެވީ އައުލާވެގެންވާ ގޮތެވެ. ފަރުޟު ރޯދަ ޤަޟާކުރުމުގެ ކުރީން ސުންނަތް ރޯދަ ހިފުމަކުން ވެސް މައްސަލައެއް ނެތެވެ.

ޖަވާބުދެއްވީ ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު