އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަޤްވާވެރިވުމަށް އެދޭމީހާ ޒައްރެއްގެ މިންވަރަށްވެސް ޝައްކު އުފެދޭ ކަންކަމާ ދުރުހެލިވާންޖެހޭ: ޝައިޚް ސަމީރު

ތަޤްވާވެރިވުމަށް އެދޭމީހާ ޒައްރެއްގެ މިންވަރަށްވެސް ޝައްކު އުފެދޭ ކަންކަމާ ދުރުހެލިވާންޖެހޭ: ޝައިޚް ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ތަޤްވާވެރިވުމަށް އެދޭމީހާ، އެއީ މާތްﷲ ހުއްދަ ކުރެއްވި ކަމެއް ކަމާއިމެދު ޒައްރެއްގެ މިންވަރަށްވެސް ޝައްކު އުފެދޭ އެންމެހައި ކަންކަމާއި ދުރުހެލިވާންޖެހޭނެ ކަމަށާއި އެންމެހައި ހެޔޮ ކަންކަން ކުރުންމަތީގައި ދެމިހުންނަން ޖެހޭ ކަމަށް އައްޝައިޚް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިޚް ސަމީރު ވިދާޅުވީ އިލްމުވެރިން ބަޔާންކުރައްވަވާގޮތުގައި ތަޤްވާގެ އެންމެ މަތީ މަޤާމަކީ މާތްﷲ ސުބްހާނަހޫވަތަޢާލާއަށް އެކަލާނގެއަޅާ ބިރުވެތިވެ ރައްކައުތެރިވުން ކަމަށެވެ. އެއީ މިސްޤާލައެއްގެ ޒައްރެއްގެ މިންވަރުން ކަމުގައިވީނަމަވެސް މެއެވެ. އެވަރުގެ ކަމެއްގައި ނަމަވެސް ﷲ އަށް ބިރުވެތިވުން ކަމަށެވެ. ޙަލާލު ކަންތައްތައް ކަމުގައި އޭނާ ދެކޭ ގިނަ ކަންތައްތަކުންވެސް ހަރާމް ކަމަކަށް ވެދާނެ ކަމަށްޓަކައި ބިރުވެތިވެ ރައްކައުތެރިވުން ކަމަށެވެ. އެއީ ހަރާމް ކަމަށް އޭނާއަށް އަރައިގަނެވިދާނެކަމަށްޓަކައި އެކަމުގެ ހުރަހެއްގެ ގޮތުން ކަމަށެވެ.

(މިހާރަކަށް އައިސް ގިނައިން ފެންނަނީ ޝައްކު އުފެދޭކަންތައްތައްވެސް ކުރެވޭތަނެވެ. ތިމާއަށް ޔަޤީން ނުވާއިރު ދީނީ އިލްމްވެރިއެއްގެ ލަފާ ހޯދެނީވެސް ކުރަން ބޭނުންވާ ކަންތައް ކުރުމަށްފަހުގައެވެ. ނަމަވެސް އެއީ އެކަން ކުރަން އޮތް ގޮތް ނޫންކަން މިބަސްފުޅުތަކުން ހާމަވެގެންދެއެވެ.

"ތަޤްވާއަކީ ހަމައެކަނި ދުވާލު ރޯދަ ހިފައި ރޭގަނޑު ރޭއަޅުކަންކުރުމެއް ނޫން. ތަޤްވާވެރިވުމަކީ މާތްﷲ ނަހީ ކުރައްވަވާފައިވާ އެންމެހައި ކަންތައްތަކުން ދުރުހެލިވުމާއި ފަރުޟު ކުރައްވަވާފައިވާ ކަންތައްތައް ފުރިހަމައަށް ކުރުމާއި މިދެކަމުގެ އިތުރުން ދެންހުރިކަންކަން އެއީ ހެޔޮކަމުގެ މައްޗަށް ހުރި އިތުރު ހެޔޮކަމެއް."

(މިބަސްފުޅުތަކަށް ބަލާއިރު ހަމައެކަނި އަޅުކަންކުރުމުން ނުފުދޭކަމާއި މާތް ނަހީ ކުރެއްވެވި އެންމެހައި ކަންތައްތަކާއި ދުރުހެލިވާންޖެހޭކަން ހާމަވެގެންދެއެވެ. ސުންނަތް އަޅުކަންތައްތައް ކުރަންވީ ކޮން ހާލަތެއްގައި ހުރެގެންކަން ވެސް އެވަނީ ބަޔާންކުރައްވައިފައެވެ.)

ޝައިޚް ސަމީރު ވިދާޅުވީ އިލްމްވެރިން ބަޔާންކުރައްވަވާ ގޮތުގައި ތަޤްވާވެރިވެވޭނީ ވިޔަފަރީގައި ތިމާ އާއި ގުޅިގެން އުޅޭ ދަހިމީހާ ތިމާގެ މުދަލަށް އަރައިގެންފާނެތީ އެމިހާގެ ކަންތައްތައް ހުންނަގޮތަށް ފާރަވެރިވެ ބެލެހެއްޓުމަށްވުރެ އެމީހާގެ އަމިއްލަ ނަފުސާއިމެދު (އަމިއްލަ ނަފުސުން ކުރެވޭ ކަންކަމާއިމެދު) ފާރަވެރިވެގެން ކަމަށެވެ. އެއީ އެނަފްސް އެއްވެސް ދިމާއަކުން ކިރިޔާވެސް، ކިތަންމެ ކުޑަ ކަމަކުން ނަމަވެސް (ތިމާގެ ނަފުސް) ނުބައިކަމަކަށް އަރައިގެންފާނެ ކަމަށްޓަކައި ކަމަށެވެ.

އާޚިރަތް ދުވެހު ދިންނެވުން އެދޭމީހާއަށް އެންމެ މުހިންމީ ތަޤްވާވެރިކަމުގައި ސާބިތުވެ ހުރުންކަން ބަޔާންކުރައްވަވައި ޝައިޚް ސަމީރު ވަނީ ވަރަށް ގިނަ ހެކިތައް ދައްކަވައިދެއްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް