އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޙްތިރާމް އަދާކުރުމުގެ އާދަ ކުރިއެރުވުމުގެ އެންމެ އިސްދައުރެއް އަދާކުރެވޭނީ އަންހެނުންނަށް: އަނާރާ

އިޙްތިރާމް އަދާކުރުމުގެ އާދަ ކުރިއެރުވުމުގެ އެންމެ އިސްދައުރެއް އަދާކުރެވޭނީ އަންހެނުންނަށް: އަނާރާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ އާދަ ކުރިއެރުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށާއި އެކަން ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ އަންހެނުންނަށް ކަމަށް އަލްއުސްތާޛާ އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އަންހެނުންނަށް ޚާއްޞަކޮށްގެން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ދަރުސްގައި އަނަރާ ވިދާޅުވީ ކުޑަކުދިންނާއިއެކު އެންމެ ގިނަ ވަގުތު ހޭދަކުރާ ބައަކީ އަންހެނުން ނުވަތަ މައިން ކަމަށެވެ. އެހެންކަމުން ކަންކަމުގައި ކުޑަކުދިންނާއި މުއާމަލާތުކުރުމުގައާއި ވާހަކަ ދެއްކުމުގައި އަދަބު އިހްރާމާއިއެކު ކަންކަން ކުރުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.

"ކުޑަކުދިންނަށް އެއްވެސް އުނިކަމެއް ނުފެންނާނެ ގޮތަށް ކަންތައްތައް ކުރަންވާނީ. އެއިރުން ކުދިން ބޮޑެތިވާއިރު ދަސްވާނީ އެހެން މީހުންނަށް އޯގާތެރިވާން. އެހެން މީހުންނަށް އަޅާލައި އިޙްތިރާމްކުރަން. އެހެން މީހުންނާއިމެދު އަދުލު އިންސާފުން ކަންކަން ކުރަން."

އަނާރާ ވިދާޅުވީ ކުދިން މިފަދަ ސިފަތައް ބޮޑަށް ދަސްކުރަނީ ބުނެދޭ އެއްޗަކަށްވުރެ ބޮޑަށް އަމަލުކުރާގޮތަށް ބަލައިގެން ކަމަށެވެ.

އަނާރާގެ ވާހަކަފުޅުގައި ވަނީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައިފައެވެ.

އަނާރާ ވިދާޅުވީ ގިނަ ގުޅުންތަކަކީ ކޮންމެހެން ދަމަހައްޓަންޖެހޭ ގުޅުންތަކެއް ކަމަށެވެ. ދެމަފިރިންގެ ގުޅުމާއި އާއިލީ ގުޅުމާއި އަވަށްޓެރިކަމުގެ ގުޅުންތައް ފަދަ ގުޅުންތައް ދަމަހައްޓައިގެން ނޫނީ ކުރިއެރުން ނުލިބޭނެ ކަމަށެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ހަދީޘްފުޅެއް ބަޔާންކޮށްދެއްވަމުން އަނާރާ ވިދާޅުވީ މުއުމިނުންނަކީ އަޖައިބެއް ފަދަ ބައެއް ކަަމަށާއި މުއުމިނުންނަކީ އުފަލެއް ލިބުމުން ޝުކުރުވެރިވާ އަދި ހިތްދަތިކަމެއް ލިބުމުން ކެތްތެރިވާ ބައެއް ކަަމަށެވެ.

އަނާރާ ވިދާޅުވީ ދިރިއުޅުމުގައި އަބަދުވެސް ކުރިމަތިވާނީ އުފާވެރިކަން ނުވަތަ ހިޔްދަތިކަން ކަމަށެވެ. އެހެންކަމުން އަޅުގަނޑުމެން ވާންޖެހޭނީ އަބަދުވެސް މިދެ ހާލަތަށް ތައްޔާރަށް ތިބޭ ބައަކަށް ކަމަށެވެ. ފުރިހަމަ މުއުމިނުންގެ ގޮތުގައި ތިބެވޭނީ އެއިރުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް