އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓްރެފިކް ވަޔަރލޭޝަން ޖޫރިމަނާ މީރާ ވެބްސައިޓް މެދުވެރިކޮށް ދެއްކުމުގެ ޚިދުމަތް ތަޢާރަފްކޮށްފި

ޓްރެފިކް ވަޔަރލޭޝަން ޖޫރިމަނާ މީރާ ވެބްސައިޓް މެދުވެރިކޮށް ދެއްކުމުގެ ޚިދުމަތް ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ޓްރެފިކް ވަޔަރލޭޝަން ޖޫރިމަނާ މީރާ ވެބްސައިޓް މެދުވެރިކޮށް ދެއްކުމުގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

"ވާރުޕޭ" ގެ ނަމުގައި ތަޢާރަފުކުރި މި ޚިދުމަތަކީ ޓްރެފިކާއިގުޅޭ ޖޫރިމަނާތައް ދައްކަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކީ އެ ފައިސާ ދެއްކޭނެ ޚިދުމަތެކެވެ. އަދި މި ޚިދުމަތް ހޯދުމަށް ރަޖިސްޓަރީ ކުރާކަށް ނުޖެހެއެވެ.

ޓްރެފިކް ވަޔަރލޭޝަން ސްލިޕް ނަންބަރު ނުވަތަ ވެހިކަލް ނަންބަރާއި އެފަރާތެއްގެ އައި.ޑީ ކާޑު ނަންބަރު ބޭނުންކޮށްގެން، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު މެދުވެރިކޮށް ވާރުޕޭއިން ޓްރެފިކް ވަޔަރލޭޝަން އާއި ޕާކިންގ ވަޔަލޭޝަންގެ ޖޫރިމަނާ ދެއްކެއެވެ. އަދި ފައިސާ ދެއްކުމާއެކު ފައިސާގެ ރަސީދު ވަގުތުން އީމޭލް ކުރެވޭނެކަމަށް މީރާއިން މަޢުލޫމާތު ދެއެވެ.

ވާރުޕޭ އަކީ މީރާގެ އޮންލައިން ޚިދުމަތް މީރާ ކަނެކްޓަށް އިތުރުކުރި އައު ޚިދުމަތެއް ކަމަށާއި މި ޚިދުމަތް މެދުވެރިކޮށް އިތުރު ފީތަކާއި ޖޫރިމަނާތައް ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމު ކައިރި މުސްތަޤުބަލެއްގައި ހަމަޖައްސަވާނެ ކަމަށްވެސް މިރާއިން ބުނެއެވެ.

ފިތުރު ޢީދާ ގުޅިގެން ގިނަ ދުވަސްތަކަކަށް ސަރުކާރު ބަންދުވާއިރު، އޮންލައިންކޮށް ޓްރެފިކް ވަޔަރލޭޝަންގެ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހުމަކީ ގިނަ ފަރާތްތަކަށް އޭގެ ފަސޭހަ ލިބިގެންދާނެ ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް