އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަގުމައްޗަށް ކުޅުޖެހުން: ބޮޑު ޢަދަދުތަކުން ޖޫރިމަނާކޮށްގެންވެސް ހުއްޓުވަންވެއްޖެކަމެއް...

މަގުމައްޗަށް ކުޅުޖެހުން: ބޮޑު ޢަދަދުތަކުން ޖޫރިމަނާކޮށްގެންވެސް ހުއްޓުވަންވެއްޖެކަމެއް...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

މަގުމައްޗަށް ކުޅު ޖެހުމަކީ ތަހުޒީބުވެފައިވާ ޤައުމުތަކުގައި ވަރަށް "ނާތަހުޒީބު" ކަމެކެވެ.

ފަހަރެއްގައި މީހަކަށް ނޭނގިގެން ކުޅެއް ޖެހިދާނެއެވެ. ނަމަވެސް މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިކަން މިވަނީ ޢާންމުވެފައެވެ. އަދި ފެޝަނަކަށްވެސް ވެފައެވެ.

މިކަން ގިނައިން ކުރަނީ މި ޤައުމުގައި "ފައިގަދަކުރަމުން ކޮށްފައިވާ" ބިދޭސީ ޤައުމުތަކުގެ މީހުންނެވެ.

އެހެނަސް އެ މީހުންނާއި ދިމާލަށް އެއްޗެއް ބުނެވޭކަށް ނޯވެއެވެ. ބައިވަރު ސަބަބުތަކާހެދިއެވެ. އޭގެތެރެއިން ގިނައީ ރާއްޖޭގައި ވަޒަންވެރިވެފައިވާ މީހުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަދި އެއީ މިހާރު ރާއްޖޭގައި މަހުޖަނުންނެވެ. ރާއްޖޭގެ ބޮޑެތި ޢާއިލާތަކާއި އެމީހުންގެ ޤައުމުގައި ތިބި އެމީހުންގެ ޢާއިލާތައްވެސް ބަލަހައްޓަމުން އަންނަ މުއްސަނދިންނެވެ. ދިވެހިން މިތިބެންޖެހެނީ ޒާތެއްގެ އަޅުވެތިކަމެއްގެ ތެރޭގައެވެ.

މަގުމައްޗަށް ކުޅުޖެހުން ޢާންމުވެފައިވާ މިންވަރަކީ ހިނގާފައިދަމުން ނުވަތަ ބައިސްކަލު، ސައިކަލުގައި ދަމުން ބެލުމެއްނެތި "ކުޅުގަނޑު" ބުރުއްސާލަނީ މީހަކަށް ތަނަކަށް ބެލުމެއް ނެތިއެވެ.

މިކަމުން އެންމެބޮޑު ތަކުލީފެއް އުފުލަންޖެހޭ ބަޔަކީ އަޅުގަނޑުމެންގެ ކަނބަލުންނެވެ. އެއީ ގިނަ ކަނބަލުން މިހާރު އަޅުއްވަނީ ބޮޑު ހެދުން ކަމަށްވާ އިރު، މިފަދަ ހެދުންތަކަކީ ކޮންމެވެސް ވަރަކަށް ބިންމަތީގައި ކޭއްތޭވަރަށް ހުންނަ ހެދުން ކަމަށްވާތީއެވެ.

"އަހަންނަކަށް ނޭނގެ ކުއްލިއަކަށް ހެދުމުގެ ފަސްބަޔަށް ބަރުވާހެންހީވެގެން ބަލައިލީ. އަސްތާ ކަމަކުދާކަށްނެތް. މިއޮތީ ބޮޑު ކުޅުގަނޑެއް ތަތްވެފަ. ފަކުރުން ހޮޑުނުލެވުނީ ކިރިޔާ" މިއަދު ނޫހަށް ވާހަކަދެއްކި ކަނބަލަކު ބުންޏެވެ.

މީގެ އިތުރުން އެހެން މީހަކު ބުނީ އޭނާ ސައިކަލުގައި ދަނިކޮށް ކުރިމަތީގައި ބައިސްކަލުގައި އިން ބިދޭސީއަކު ޖެހި ކުޅުގަނޑު އައީ އޭނާގެ މޫނަށް ކަމަށެވެ. އަދި އެކަމާ ހިތްހަމަނުޖެހުމުން އެ ބިދޭސީ މީހާ ބުނިކަމަށްވަނީ "ބޭބޭ އަޅާނުލަނީ އަހަރެން ނޭނގޭ ބޭބެ އަންނަނީކަން" މިހެންނެވެ.

ކޮންމެއަކަސް މަގުމައްޗަށް ކުޅުޖެހުމަކީ މިހާރު ހަމައެކަނި ބިދޭސީން ކުރާކަމެކޭ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ. އެއީ ދިވެހިންގެ ތެރޭގައިވެސް މި ޢަމަލުކުރާ މީހުން މިހާރަކަށް އައިސް ފެންނަމުން ދާތީއެވެ. ފަހަރުގައި މިއީ ރީތި އާދައެއް ކަމަށް ދެކިގެން ކުރަނީ ކަމަށްވެސް ވެދާނެއެވެ.

އެހެންނަމަވެސް ވިސްނާލައްވާށެވެ. ތިމާގެ ހެދުމުގެ ފަސްބައިގަ ނުވަތަ ފަޓްލޫނުގެ ފައިކުރީގަ ނޫންނަމަ ތިމާގެ މޫނުމައްޗަށް އެހެންމީހަކު ޖަހާ ކުޅުގަނޑު އަތުވެއްޖެނަމަ، ހިތަށް އަރާނެ އެއްޗިއްސާއި ގަންނާނެ ފަކުރުގެމަތިން ވިސްނާލައްވާށެވެ.

ކަމާއިބެހޭ ފަރާތްތަކުގެ ކިބައިންވެސް އަޅުގަނޑު އެދެނީ ޤާނޫނީ ހަމަތަކަށް ފެއްތުމަށް ކުރައްވަންޖެހޭ ކަންކަން ކުރައްވާ ބިލެއް ފާސްކުރައްވައިގެން ނަމަވެސް މިކަން ހުއްޓުވައުދެއްވުމެވެ. ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކޮށްގެންވެސް މި ހަޑުހުތުރު ޢަމަލު ހުއްޓުވައިދެއްވާށެވެ.

އެހެންނަމަވެސް "ޢާންމުން އެއްވެއުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ" ކޮށްފައިވާ އުސޫލަކުން ނޫނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް