އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޮރިން މިނިސްޓަރ ޑރ. ޢާސިމް ރާއްޖެ ވަޑައިގެންފި

ފޮރިން މިނިސްޓަރ ޑރ. ޢާސިމް ރާއްޖެ ވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުޙައްމަދު ޢާސިމް އިންޑޮނޭޝިޔާއަށް ކުރެއްވި ތިންދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ގެ މި ދަތުރުފުޅުގައި އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓަރ، ހަރ އެކްސަލަންސީ ރެޓްނޯ މަސްސުދީ އާ ބައްދަލުކުރައްވާ ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާމެދު މަޝްވަރާކުރެއްވިއެވެ.

މިގޮތުން ޓުއަރިޒަމް، ފިޝަރީޒް، ކަނެކްޓިވިޓީ، ޓެކްނިކަލް ކޯޕަރޭޝަންގެ ދާއިރާއިން މަސައްކަތްކުރުމާއި ދެޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މަޝްރަހުގައި، ޚާއްޞަކޮން އދ ގެ ތެރެއިން ދެޤައުމު އެކުގައި މަސަތްކަތް ކުރުމާމެދު މަޝްވަރާކުރައްވާފައިވެއެވެ.

ހަމަމިއާއެކު އިންޑޮނޭޝިޔާގެ މެރިޓައިމް އެންޑް ފިޝަރީޒް، ސުސީ ޕްޑްޖިއާސުޓީ އާއި ޓުއަރިޒަމް މިނިސްޓަރ އާރިފް ޔަހްޔާ އާއި މިނިސްޓަރ އާސިމް ވަނީ ބައްދަލު ކުރައްވާފައެވެ.

އިންޑޮނޭޝިޔާއާއިއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވިފައި ވަނީ 1974 ގައެވެ.

ދެ ޤައުމަކީ ޓުއަރިޒަމްގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ މަންޒިލެކެވެ. ރާއްޖޭގެ ޓުއަރިޒަމް ދާއިރާގައި ހަރަކަތްތެރިވާ އިންޑޮނޭޝިޔާގެ މަސައްކަތްތެރިން އިތުރުވަމުންދާކަމާއި ދެޤައުމުގެ ދެމެދުގައި ވިޔަފާރި ކުރިއަރަމުންދާކަމީ ފާހަގަކޮށްލެވޭ ކަމެކެވެ.

މިނިސްޓަރ އިންޑޮނޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސެކްރެޓަރީ ބައިލެޓްރަލް އަހުމަދު ޚަލީލް އާއި އެސިސްޓެންޓް ޑިރެކްޓަރ އަހުމަދު ސުޒިލް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް