އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އައި.ޕީ.އޯ އުރީދޫ މޯލްޑީވްސް އިން ނިންމާލައިފި

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އައި.ޕީ.އޯ އުރީދޫ މޯލްޑީވްސް އިން ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 50 ސިކުންތު

އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ކާމިޔާބު ކަމާއެކު ނިންމާލާފައިވަނީ، 14،044،870 ޙިއްޞާ، 8،219 ޙިއްޞާދާރުންނަށް ވިއްކުމަށްފަހުއެވެ.

ވިއްކާފައިވާ ޙިއްޞާއިން ޖުމްލަ 421،346،100 ރުފިޔާ ހޯދާފައިވާއިރު، ވިއްކާފައިވާ ޙިއްޞާއަކީ ކުންފުނީގެ ދޫކޮށްފައިވާ ޙިއްޞާގެ %9.5 އެވެ. މީގެ އިތުރުން މި ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވުމާއެކު، އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގައި ލިސްޓުކުރެވިފައިވާ އެންމެ ބޮޑު އެއް ލިސްޓެޑް ކުންފުންޏަށް ވުމުގެ އިތުރުން އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކުންފުންޏަށް ވެގެންދާނެއެވެ.

" އުރީދޫ މޯލްޑިވްސްގެ އައިޕީއޯ އަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބާއި ބައިވެރިވުމާއެކު ރާއްޖޭގެ ވަރަށް ބޮޑު އިންވެސްޓަރ ބޭސް އެއް ލިބިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. މިވަރުގެ ބައިވެރިވުމެއް އާންމުންގެ ފަރާތުން ލިބުމުން ދައްކުވައިދެނީ، އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާއި މެދު އިންވެސްޓަރުންނަށް އިތުބާރުއޮތްކަން." އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސް، މުވާސަލާތީ ދާއިރާގައި ކުރިއެރުމުގެ ދެން އޮތް ހަރުފަތަށް ވާސިލްވުމަށް ކުރާ ދަތުރުގައި، އެންމެހައި ޙިއްޞާދާރުންނަށް އުރީދޫ ޓީމުގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށެވެ.

އައިޕީއޯގެ މައިގަނޑު އެއް މަޤުޞަދަކީ އުރީދޫ މޯލްޑިވްސްގެ މިލްކުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލެވި، އިންވެސްޓްމަންޓް އަދި ފަހަށް ރައްކާކުރުމަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށާއި ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން އާބާދީ ބޮޑު ސަރަހައްދުތަކުގައި ބޭއްވުނު އެތައް އިވެންޓަކަށް ފަހު މިކަން ހާޞިލްކުރެވުނީތީ އުރީދޫ މޯލްޑިވްސް އިން އުފާކުރާކަމަށް އުރީދޫ މޯލްޑިވްސް ފެށުނީއްސުރެ ޑިރެކްޓަރ އެއްގެ މަގާމުގައި ހުންނެވި އަލްއުސްތާޛާ ދީނާ ހުސައިން ވިދާޅުވިއެވެ.

"މި ލަނޑުދަނޑި ހާސިލްކުރުމުގައި އެކި ރަށްރަށުން ލިބުނު ތަރުހީބަށާ އެބޭފުޅުން އުރީދޫ މޯލްޑިވްސްގެ ކުރިއެރުމަށް ދެއްވާ އިތުބާރާއި ޔަގީންކަމަށް ޝުކުރުއަދާކުރަން." އަލްއުސްތާޛާ ދީނާ ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ " ރެޖިސްޓްރަރ އޮފް ކޮމްފެނީސް، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ދަ މޯލްޑިވްސް ސްޓޮކް އެކްސްޖޭންޗް އަދި އައިޕީއޯ ގެ މަސައްކަތްތައް ކަނޑައެޅިފައިވާ ދުވަސްތަކަށް ނިންމުމަށް މަސައްކަތްކުރުމުގައި ކެނޑިނޭޅި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ވެސް ޝުކުރުދަންނަވާ" ކަމަށެވެ. އަދި " އަޅުގަނޑުމެންގެ ލީޑް އެޑްވައިސަރ އެން.ޑީ.ބީ އިންވެސްޓްމަންޓް ބޭންކް، ސްރީލަންކާ އެންޑް ޕްރެމިޔަރ ޗެމްބަރސް (އޮފަރގެ ލޯޔަރުން)، ބޭންކް އޮފް މޯލްޑިވްސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން އައިޕީއޯ ކާމިޔާބު ކަމާއިއެކު ކުރިޔަށް ގެންދިޔުމަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުދަންނަވާ" ކަމަށެވެ.

"މި އައިޕީއޯގެ ކާމިޔާބީ އަކީ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓަށްވެސް ހާސިލްކުރެވިފައިވާ ލަނޑުދަނޑިއެއް. ވަކިން ހާއްސަގޮތެއްގައި، މި އައިޕީއޯގައި ބައިވެރިވެފައިވާ 8،219 ޙިއްސާދާރުންގެ ތެރެއިން 6،000 ޙިއްޞާދާރުންނަކީ މުޅިން އަލަށް ކެޕިޓަލް މާކެޓުގައި ބައިވެރިވެފައިވާ ބޭފުޅުން ކަމުގައި ވުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ޙިއްޞާދާރުންނަށް ފުރުސަތުދީގެން، ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދެވުނު އެންމެ ބޮޑު އައިޕީއޯ ހިންގުމަށްޓަކައި އުރީދޫ އިން ކޮށްފައިވާ ބުރަ މަސައްކަތާއި މެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ. އަދި މި އައިޕީއޯގެ ކާމިޔާބީ އަކީ ރާއްޖޭގެ ކެޕިޓަލް މާކެޓެ އިތުރަށް ކުރިއެރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމެއްކަމަށް ޤަބޫލު ކުރަން." މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީ.އީ.އޯ، ހަސަން މަނިކް ވިދާޅުވިއެވެ.

މި އައިޕީއޯ އިތުރަށް ފާހަގަކުރެވިގެންދިޔަ އެއް ސަބަބަކީ، މިއީ ޙިއްޞާ ގަތުމުގެ ހުރިހާ ކަމެއް އޮންލައިންކޮށް ފުރިހަމަކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ އައިޕީއޯ ކަމަށް ވާތީއެވެ. މިގޮތުން، ހާއްސަ އޮންލައިން ޕޯޓަލް އެއް ކަމަށްވާ އިންފިނިޓީ މެދުވެރިކޮށް ޙިއްޞާދާރުންނަށް ވަނީ ޑެޕޮސިޓަރީ އެކައުންޓު ހުޅުވައި، ބޭނުންވާ ހުރިހާ މައުލޫމާތުތަކުގެގެ ސޮފްޓް ކޮޕީތައް އަޕްލޯޑްކޮށް، އުރީދޫގެ ޙިއްޞާ އޮންލައިންކޮށް ގަތުމުގެ ފުރުސަތު ދީފައެވެ. މީގެ އިތުރުން، ފަސޭހަކަމާއެކު ޙިއްޞާ އަށް ފައިސާ ދެއްކުމަށްޓަކައި ޑެބިޓް އަދި ކްރެޑިޓް ކާޑު، ފައިސާ، ޗެކް، އުރީދޫ އެމް-ފައިސާ ނުވަތަ މޮބައިލް މަނީ، ޑައިރެކްޓް ޑެޕޮސިޓްގެ އިތުރުން ޓެލެގްރާފިކް ޓްރާންސްފަރ ބޭނުންކޮށްގެން ފައިސާ ދެއްކުމުގެ ފުރުޞަތުވެސް ވަނީ ދެވިފައެވެ.

1،200 ރަށަށް ބެހިފައިވާ 400،000 ދިވެހިންނަށް އައިޕީއޯގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްޓަކައި، އުރީދޫ އިން ވަނީ ހާއްސަ ޑިސްޓްރިބިއުޝަން ސްޓްރެޓެޖީ އެއް ގާއިމްކޮށްފައެވެ. މި ސްޓްރެޓެޖީގެ ތެރޭގައި، އިންވެސްޓަރުންނާއި ވަކިން ބައްދަލުކުރުން، މާލެއާއި އަތޮޅުތަކުގެ ތެރޭގައި ރޯޑްޝޯތަކާއި ޓައުންހޯލްތަށް ބާއްވުން، އަދި އެކި ދާއިރާތަކުގައި މަސައްކަތްކުރަށްވާ ބޭފުޅުންނާއި، މަތީ ތައުލީމް ޙާސިލް ކުރައްވާ ކުދިންނާއި، އެހެނިހެން ރީޓެއިލް އިންވެސްޓަރުންނަށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. ހަމައެއާއެކު، އުރީދޫގެ ސްޓާފުންވަނީ ކޮންމެ ހަފްތާއަކުވެސް ތަފާތު ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދީ، ހިއްޞާގަތުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް އުރީދޫ އިން މި ހުޅުވާލެއްވި ފުރުސަތުގެ ބޭނުން ހިފޭނެ ފަރާތެއްކަން ޔަގީން ކުރުމުގެ ނިޔަތާއެކު، އުރީދޫ އިން ވަނީ އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ތަކުގެ އިތުރުން، އުރީދޫ ބިޒްނަސް ޕާޓްނަރ ޝޮޕްތަކާއި، ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތަކާއި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތައް، އަދި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތަށް ހިމެނޭ، ވަރަށް ފުޅާ ޑިސްޓިބިއުޝަން ނެޓްވަރކް އެއްވެސް ގާއިމް ކޮށްފައެވެ. ނަތީޖާ އެއްގެ ގޮތުން، 8،000 އަށް ވުރެ ގިން އިންވެސްޓަރުންނާއެކު، އުރީދޫ ވެގެންދިޔައީ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓަރ ކޮށްފައިވާ އެންމެ ބޮޑު ޝެއާހޯލްޑަރ ބޭސް ހިމެނޭ ކުންފުންޏަށެވެ.

ރައްޔިތުންގެ ފަރާތުން މިލިބިފައިވާ އިތުބާރާއެކު، ދިވެހިރާއްޖޭ މުޖުތަމަޢުއަށް ފައިދާކުރާ ޚިދުމަތްތައް ފޯރުކޮށްދީގެން، ކުންފުނި އައު އުސްމިންތަކަށް ގެންދިއުމަށްޓަކައި، ކުރިއަތް އޮތްތަނުގައިވެސް އުރީދޫ މޯލްޑިވްސް އިން އިތުރު މަސައްކަތްތަކެއް ކުރަމުންދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް