އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ކުނި މެނޭޖު ކުރުމަށް ވަރލްޑް ބޭންކުން އެހީވަނީ...

ރާއްޖޭގެ ކުނި މެނޭޖު ކުރުމަށް ވަރލްޑް ބޭންކުން އެހީވަނީ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ރާއްޖޭގައި ކުނި މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށް ވަރލްޑް ބޭންކުން ނިންމައިފިއެވެ.

އެގޮތުން ވަރލްޑް ބޭންކުން ވަނީ 17.5 މިލިއަން ޑޮލަރުގެ އެހީއެއް ވުމަށެވެ.

އެ ބޭންކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ތިމާވެއްޓާއި ރަޙުމަތްތެރި ގޮތަކަށް ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން 17.5 މިލިއަން ޑޮލަރު ދިނުމަސް ނިންމާފައިވާ ކަމަށެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅާ ކުރަމުންދާ މަސައްކަތްތަކަށް ވޯލްޑް ބޭންކުން ވަނީ ތައުރީފްވެސް ކޮށްފައެވެ.

ރާއްޖޭގައި ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަަސައްކަތްތަކަށް ލޯން ދިނުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން ނިންމާފައިވާ ކަމަށްވެސް މިދިޔަ މެއި މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް