އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޑިޓޯރިއަލް- މިއަދުނޫހުގެ ބައިވެރިންނަށާއި އަހުލުވެރިންނަށް ޢީދު މުބާރިކް!

އެޑިޓޯރިއަލް- މިއަދުނޫހުގެ ބައިވެރިންނަށާއި އަހުލުވެރިންނަށް ޢީދު މުބާރިކް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ މިއަދުނޫހުގެ ބައިވެރިންނަށާއި އަހުލުވެރިންނަށް އަރިސް ކުރަމެވެ. މިޢީދަކީވެސް އެންމެހައި މުސްލިމުންނަށް އުފާ ފާޤަތި ޢީދެއް ކަމުގައި ލެއްވެވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންވަމެވެ.

އެހެން އަހަރުތައް ފަދައިން ނިމިގެންދިއަ ރަމަޟާންމަހު ވެސް މިއަދުނޫހުން އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ ދީނީ ޚަބަރުތަކާއި މައުލޫމާތު ހާމަކުރުމަށެވެ. އިހްޔާ ފޯރަމް ތަކާއި ކޮންމެ ދުވަހަކު ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގައި ދެމުން ގެންދިއަ ދަރުސްތައް އަދި މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ، ވިޔަފާރިވެރިންގެ މިސްކިތުގައި ދިން ދަރުސްތައް ޚަބަރުގެ ގޮތުގައި ގެނެސް ދިނުމަށް ވާނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ.

މިއަދުނޫހުގެ އުންމީދަކީ މިއަށްވުރެވެސް ފުޅައު ދާއިރާއެއްގައި ދީނީ ޚަބަރުތައް ގެނެސްދިނުމަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގަދައަޅައި މަސައްކަތްކުރުމެވެ.

މިއަހަރުގެ ރަމަޟާން މަހަކީ މިއަދުނޫހުގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭފަދަ ކުރިއެރުންތަކެއް ލިބުނު މަހެކެވެ. ކިޔުންތެރިންގެ ތަރުޙީބު އެންމެ ބޮޑަށް ލިބިގެންދިއަ މަހެވެ. މާތްﷲ މިންވަރުފުޅުކުރެއްވެވި އެންމެހައި ނިޢުމަތްތަކަށް ހާސްފަށުން ޙަމްދުކުރަމެވެ.

ރަމަޟާން މަސް ނިމުނު ނަމަވެސް މާތް ﷲ ގެ ވާގިފުޅާއިއެކު ދީނީ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި މިއަދުނޫހުން ސާބިތުކަމާއިއެކު މަސައްކަތްކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން މިއަދުނޫހުގެ ބައިވެރިންނަށައި ކިޔުންތެރިންނަށް އަރުވަމެވެ.

ވަރުބަލިކަމެއް ނެތި މިއަދުނޫހުގެ މުވައްޒިފުން ރަމަޟާން މަހު ކުރި މަސައްކަތްތަކުގެ އަގު ވަޒަންކޮށް ހުރިހާ މުވައްޒިފުންނަށް ޝުކުރު ދަންނަވަމެވެ. ދީނީ ޚަބަރުތަކަށް ވީއްލި ހުރެވުނީ މުވައްޒިފުން އެފުރުޞަތު ދިނުމުންކަން ފާހަގަކުރަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް