އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން މާދަމާ ދަރުބާރުގޭގައި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން މާދަމާ ދަރުބާރުގޭގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 36 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފިޠުރު ޢީދު ސަލާން ކުރެއްވުން ފިޠުރު ޢީދު ދުވަހު (މާދަމާ) ހެނދުނު 09:00 އިން 10:00 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދަވާނެއެވެ.

މި ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބޭރުގެ ޢިއްޒަތްތެރިންނާއި މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފަރާތްޕުޅުން ވަނީ ދަޢުވަތު އަރުވައިފައެވެ.

މި ޢީދު ސަލާން ކުރެއްވުމުގައި ޢާއިލާތަކާއެކު ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިކުރެއްވުމަކީ އެންމެ ރަނގަޅުކަމެއް ކަމަށާއި، ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި ޢީދު ސަލާން ކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް