އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޢީދަކީ އެންމެހާ މުސްލިމުންނަށް އުފާ ފާގަތި ޢީދެއްކަމުގައި ލެއްވެވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި

މިޢީދަކީ އެންމެހާ މުސްލިމުންނަށް އުފާ ފާގަތި ޢީދެއްކަމުގައި ލެއްވެވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

މިޢީދަކީ އެންމެހައި ދިވެހިންނަށާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ހުރިހާ މުސްލިމުންނަށް އުފާ ފާގަތި ޢީދެއް ކަމުގައި ލެއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ ފިޠުރު ޢީދާއި ގުޅިގެން ފޮނުއްވެވި ޚިޠާބުގައެވެ.

ރައީސް ޔާމީނުގެ ޚިޠާބުން:

"ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި އެންމެހައި ދިވެހި ރައްޔިތުންނަށް ހެޔޮއެދުމާ ތަހުނިޔާ އިޚްލާޞްތެރިކަމާއިއެކު އަރިސްކުރަން. އަދި މިއުފާވެރި މުނާސަބަތުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް އަރިސްކުރަން. އަދި މި ތަހުނިޔާގައި އެންމެހައި ބައިނަލްއަޤްވާމީ އިސްލާމީ ޖަމިއްޔާތަކުގެ ވެރިންނާއި ބައިވެރިން ޝާމިލުކުރުމުގެ އުފާ ލިބިގަންނަން.

ރަމަޟާންމަހު ކުރި އަޅުކަންތައް މާތްﷲ ޤަބޫލުފުޅުކުރައްވައި އެކަމުގެ ސަވާބާއި ދަރުމަ އެންމެހައި މީސްތަކުންނަށް މިންވަރުކުރެއްވެވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ޢީދު ދުވަހަކީ އުފާކުރުމާ ޝުކުރުކުރުމާ ހިތްހެޔޮކުރުމާ އެކުވެރިކަން ބަދަހިކުރުމާ އެކަކު އަނެކަކާ ބައްދަލުކޮށް ސަލާންކުރުމުގެ ދުވަސް

ހަމައެފަދައިން ޢީދު ދުވަހަކީ އަޅުގަނޑުމެންގެ ތެރެއިން އެހީތައް ބޭނުންވާ މީހުންގެމަތިން ހަނދާން އައުކޮށް އެމީހަކަށް ވެވުނު ވަރަކުން އެހީތެރިވާންވީ ދުވަސް ޢާއިލީ ގުޅުންތައް ބަދަހިކޮށް އަޚްވަންތަކަން ބަދަހިކޮށް އިސްލާމީ ޝުޢޫރުތައް ފައުޅުކޮށް އުޅުމުގެ ދުވަސް

ޢީދު ދުވަސް ފަދަ ދުވަސްތަކަކީ އިސްލާމީ އަޤީދާ ހަރުދަނާކޮށް އިސްލާމީ ވަހުދަތު ވަރުގަދަކުރުމަށް ވަރަށް އެކަށީގެންވާ މުނާސަބަތެއް.

މިޢީދަކީ އެންމެހައި ދިވެހިންނަށާއި އެންމެހައި މުސްލިމުންނަށް އުފާފާގަތި ޢީދެއް ކަމުގައި ލައްވަވާށި."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް