އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިތުރު ޢީދުގެ މުނާސަބަތުގައި އުރީދޫ ކަސްޓަމަރުންނަށް 25 ފަސަންޓް ބޯނަސް ޑޭޓާ!

ފިތުރު ޢީދުގެ މުނާސަބަތުގައި އުރީދޫ ކަސްޓަމަރުންނަށް 25 ފަސަންޓް ބޯނަސް ޑޭޓާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

އުރީދޫ މޯލްޑިވްސްއިން ބަރަކާތްތެރި ފިތުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާކަސްޓަމަރުންނަށާއި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުވައިފިއެވެ. މި އުފާވެރި މުނާސަބަތުގައި، ޢީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ޙިއްސާކޮށްލުމަށްޓަކައި، އެޕް މެދުވެރިކޮށް އުރީދޫ ޑޭޓާ ޕެކް އެއް ޙިޔާރުކުރެއްވުމުން، %25ބޯނަސް ޑޭޓާ ލިބޭ އޮފަރ އެއް އުރީދޫ އިން ވަނީ ތައާރަފްކޮށްފައެވެ.

އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ހާއްސަ އޮފަރ ކުރިއަށްދާނީ ފިތުރު ޢީދު ދުވަހުން ފެށިގެން، 27 ޖޫންގެ ނިޔަލަށެވެ.

"އުރީދޫ މޯލްޑިވްސްގެ ފަރާތުން އަޅުގަނޑުމެންގެ އެންމެހާ ކަސްޓަމަރުންނަށާއި، ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ފިތުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. ގާތްތިމާގެ މީހުންނާއި އެކީ ޢީދުގެ އުފާ ޙިއްޞާ ކުރުުމުގައި، އުރީދޫގެ މި ޢީދު ހަދިޔާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން" އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

އުރީދޫގެ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ފަރުމާ ކުރެވިފައިވާ ގިނަ ޑޭޓާ ޕެކްތަކެއް އުރީދޫގެ ޙިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. 550 އެމްބބީ އިން ފެށިގެން 200 ޖީބީ އާއި ހަމައަށް ލިބިގެންދާ މި ޑޭޓާ ޕެކްތަށް އުރީދޫގެ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުންވެސް، އަދި ކޮންމެ ވަގުތެއްގައިވެސް ޙިޔާކު ކުރެވޭނެއެވެ.

މިގޮތުން އުރީދޫ މޯލްޑިވްސްގެ މައި އުރީދޫ އެޕް، ގޫގުލް ޕްލޭ ސްޓޯރ، އެޕަލްގެ އެޕް ސްޓޯރ ނުވަތަ ore.do/app އަށް ޒިޔާރަތްކުރަށްވައިގެން ފަސޭހަ ކަމާއި އެކު ޑައުންލޯޑް ކުރެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު