އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ޢީދު ނަމާދުކޮށްފި

ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ޢީދު ނަމާދުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

މާފަންނު ސްޓޭޑިއަމް، ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ޢީދު ނަމާދުކޮށްފިއެވެ. ފިރިހެނުންނަށާއި އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ބައިވެސް ވަނީ އެކުގައި ފުރިފައެވެ.

މިއަދުގެ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި އިމާމުވެ ކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފްއެވެ.



ޢީދު ނަމާދަށްފަހު ގިނަ ބައަކު އައްޝައިޚް މުޙައްމަދު ލަޠީފް އާއި ޖަމާއަތަށް ވަޑައިގެންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ސަލާމްކުރިއެވެ.

ގިނަ ބައަކު ޢީދު ނަމާދަށް ދިއައީ އެމީހުންގެ ޢާއިލާތަކާއިއެކުގައެވެ.

ގަޑި ޖެހިގެން ދިއަ ގިނަ ބައަކު އިމާމް މީހާއަށްވުރެ ކުރިއަށް ސަފުތައް ހަދައި މަގުމަތީގައި ނަމާދުކުރިކަން ފާހަގަކުރެވުނެވެ. ދީނީ ޢިލްމުވެރިން ވިދާޅުވަނީ އިމާމް މީހާއަށްވުރެ ކުރީގައި ކުރާ ނަމާދު ޞައްޙަ ނުވާނެ ކަމަށެވެ. މިކަމަކީ ކޮންމެ އަހަރަކުވެސް ކުރިމަތިވާ ކަމަކަށްވާއިރު މިކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރެވެއެވެ.



މާލޭގެ އިތުރުން ވިލިމާލޭގަ އާއި ހުޅުމާލޭގައިވެސް މިއަދު ވަނީ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކޮށްފައެވެ. އަދި ބައެއް ރަށްރަށުގައިވެސް ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރިކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް