އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭރަށް ނުހެއްލި އަޤީދާގައި ސާބިތުވެ ތިބުމަށް އިމާމް ގޮވާލައްވައިފި

ބޭރަށް ނުހެއްލި އަޤީދާގައި ސާބިތުވެ ތިބުމަށް އިމާމް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

އިސްލާމް ދީނުގެ އަޤީދާގައި ފުރިހަމައަށް ސާބިތުވެ ތިބުމަށް އިމާމް ގޮވާލައްވައިފިއެވެ. އިމާމް މިކަމަށް ގޮވައިލެއްވެވީ މިއަދުގެ ޢީދު ޚުޠުބާގައެވެ.

އިމާމް ވިދާޅުވީ އަޅުގަނޑުމެންގެ ދީނީ އަޤީދާ ބަލިކަށިކުރުމަށާއި އަޤީދާ ބަދަލުކުރުމަށް ބޭރާއި އެތެރެއިން ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށާއި އެކަމަށް އެންމެންވެސް ހޭލުންތެރިވެ ތިބުމަށް ގޮވާލައްވާ ކަމަށެވެ. އަދި އިސްލާމް ދީނުގެ ޢަޤީދާއަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ އަސާސް ކަމަށެވެ. އަދި ޝަރަފާއި ޢިއްޒަތުގެ ތަޅުދަނޑިވެސް ކަމަށެވެ. އަދި މިފަދަ ބޮޑު ޖަމާއަތަށް މިހައި ގިނަ ބައަކު ޖަމާކުރުވީ މާތްވެގެންވާ އިސްލާމް ދީނުގެ އަޤީދާ ކަމަށެވެ.



ތައުލީމު ޙާޞިލުކުރުމަށް މަސައްކަތްކުރުމަށާއި ދަރިންނަށް ތައުލީމް ދީ ފުރިހަމައަށް ތަރުބިއްޔަތުކުރަން ގަދައަޅައި މަސައްކަތް ކުރުމަށް ވެސް އިމާމް ވަނީ ގޮވާލައްވައިފައެވެ. އަނބި ދަރިންނަށް ހެޔޮކޮށް ހިތުމަށާއި އަނބިދަރިންނަށް ޚަރަދުކުރުމަށްވެސް އިމާމް ވަނީ ގޮވާލައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް