އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން މިއަހަރުވެސް ފިތުރު ޢީދުގައި ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފި

ދިރާގުން މިއަހަރުވެސް ފިތުރު ޢީދުގައި ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިތުރު ޢީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ޢީދު ހަދިޔާ ބެހުމުގެ ހަރަކާތް ކުރިޔަށްގެންގޮސްފައިވަނީ ދިރާގުގެ މުއައްޒަފުންނެވެ.

މާލޭއާއެކު ދިރާގުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާ 8 އަތޮޅެއްގައި ޢީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ކުޑަކުދިން ޖަމާވާ އެކި ސަރަހައްދުތަކުގައި މިއަދުގެ ޢީދު ނަމާދަށް ފަހުގައި ވަނީ ހަދިޔާ ބަހާފައެވެ.

މިއީ ޢީދުގެ މުނާސަބަތުގައި ޢީދު ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ޘަގާފަތަކަށްވެފައި މިފަދަ ހަރަކާތެއް ބޭއްވުމަކީ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކޮށް ޢީދުގެ އުފަލުގައި އެންމެން ބައިވެރި ވުމަށް ލިބިގެންދާ ފުރުޞަތެއްކަމަށް ދިރާގުން ބުނެއެވެ.

ކުޑަކުދިން ރައްކާތެރިކުމާއި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއްދޭ ކަމަކަށްވާ އިރު، ފައިބެއަހަރުތަކުގައިވެސް ދިރާގުން ވަނީ ކުޑަކުދިން ރައްކާތެރިކުރުމާއި ހިމާޔަތް ކުރުމަށް ގޮވާލާ ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ދިރާގުން ވަނީ މިދިޔަ އަހަރުގެ ފިތުރުޢީދާ ގުޅިގެންވެސް ކުޑަކުދިންނަށް ޢީދު ހަދިޔާ ބަހާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް