އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫގެ ފިޠުރު ޢީދު ހަދިޔާ: 25 އިންސައްތަ ބޯނަސް ޑޭޓާ

އުރީދޫގެ ފިޠުރު ޢީދު ހަދިޔާ: 25 އިންސައްތަ ބޯނަސް ޑޭޓާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބާގައި އުރީދޫ އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ޢީދު ހަދުޔާއެއްގެ ގޮތުގައި 25 އިންސައްތަ ބޯނަސް ލިބޭ ޑޭޓާއެއް ތަޢާރަފްކޮށްފިއެވެ.

މިއީ ޢީދުގެ އުފާވެރިކަން ޢާއިލާ އާއި ރައްޓެހިންނަށް ޙިއްސާކޮށްލުމަށްޓަކައި އެޕް މެދުވެރިކޮށް އުރީދޫ ޑޭޓާ ޕެކް އެއް ޙިޔާރުކުރެއްވުމުގެ ގޮތުން ތަޢާރަފްކުރި ޕެކޭޖެކެވެ.

އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލެވިފައިވާ މި ޚާއްޞަ އޮފަރ ކުރިއަށްދާނީ ފިތުރު ޢީދު ދުވަހުން ފެށިގެން، 27 ޖޫން ގެ ނިޔަލަށެވެ.

"އުރީދޫ މޯލްޑިވްސްގެ ފަރާތުން އަޅުގަނޑުމެންގެ އެންމެހާ ކަސްޓަމަރުންނަށާއި ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ފިތުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. ގާތްތިމާގެ މީހުންނާއި އެކީ ޢީދުގެ އުފާ ޙިއްޞާ ކުރުމުގައި އުރީދޫގެ މި ޢީދު ހަދިޔާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން" އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

އުރީދޫގެ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ފަރުމާ ކުރެވިފައިވާ ގިނަ ޑޭޓާ ޕެކްތަކެއް އުރީދޫގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެތެރޭގައި 550 އެމްބީ އިން ފެށިގެން 200 ޖީބީ އާއި ހަމައަށް ލިބިގެންދާ މި ޑޭޓާ ޕެކްތައް އުރީދޫގެ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުންވެސް އަދި ކޮންމެ ވަގުތެއްގައިވެސް ޚިޔާރު ކުރެވޭނެއެވެ.

މިގޮތުން އުރީދޫ މޯލްޑިވްސްގެ މައި އުރީދޫ އެޕް، ގޫގުލް ޕްލޭ ސްޓޯރ، އެޕަލްގެ އެޕް ސްޓޯރ ނުވަތަ ore.do/app އަށް ޒިޔާރަތްކުރަށްވައިގެން ފަސޭހަ ކަމާއި އެކު ޑައުންލޯޑް ކުރެވޭނެއެވެ.

އުރީދޫ މޯލްޑިވްސްއިން ބަރަކާތްތެރި ފިތުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަނީ ފޮނުވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް