އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑެނީ އަލްވޭސް ދޫކޮށްލަން ޔުވެންޓަސް އިން ނިންމައިފި

ޑެނީ އަލްވޭސް ދޫކޮށްލަން ޔުވެންޓަސް އިން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

މިވަގުތު ޔުވެންޓަސް އަށް ކުޅެމުންދާ ބްރެޒިލްގެ ޑިފެންޑަރ ޑެނީ އަލްވޭސް ދޫކޮށްލަން ނިންމާފަ ވާކަމަށް ޔުވެންޓަސް އިން ބުނެފި އެވެ.

ޔުވެންޓަސްއިން ނެރެފައިވާ ބަޔާނެެއްގައި ބުނެފައިވަނި ޔުވެންޓަސްއިން އަލްވޭޒް ދޫކޮށްލަނީ ކުލަބުން ބޭނުންވެގެން ނޫންކަމަށާއި އޭނާ އަމިއްލަ އަށް ކުލަބު ދޫކޮށްލަން ނިންމުމުންކަމަށެވެ.

ޔުވެންޓަސްގެ ޗީގް އެގްޒެކުޓިވް މެޕޭ މަރޯޓާ އާ ހަވާލާދީ މި ބަޔާނުގައި ބުނެފައިވަނީ އަލްވޭސް އާ ތަޖުރިބާއެއް ކުރަން ޔުވެންޓަސް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށާއި އަދި ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އަލްވޭސް ދޫކޮށްލަން ޔުވެންޓަސް އިން ނިންމާފައިވާ ކަމަށެވެ.

އަލްވޭސް ޔުވެންޓަސްއާއި ގުޅުނީ ނިމިގެންދިޔަ އަހަރު ސްޕެއިންގެ ބާސެލޯނާއިންނެވެ. އެގޮތުން 2016 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ، އަލްވޭސް ވަނީ އެ ކްލަބާއެކު ހޭދަކުރި ފުރަތަމަ ސީޒަންގައި އިޓާލިއަން ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކޮށްފައެވެ.

މީޑިއާ ރިޕޯޓްތަށް ބުނާގޮތުން އަލްވޭސް ގެންދަން އެންމެ ބޮދަށް މަސައްކަތް ކުރާ ކުލަބަކީ މެންޗެސްޓާ ސިޓީއެވެ. ސިޓީން އަލްވޭޒް ގެންދަން ބޭނުންވަނީ އެޓީމުގެ ކޯޗަކަށް މިހާރު ހުރި ޕެޕް ގާޑިއޯލާގެ އިރުޝާދުގެ މަތިން ކަމަށް މި ރިޕޯޓްތަށް ބުނެއެވެ.

ޕެޕް ގާޑިއޯލާ އަކީ އަލްވޭޒް ބާސެލޯނާގައި ހޭދަކުރި ދުވަސްވަރު އޭނާއަށް އިރުޝާދު ދޫފައިވާ ކޯޗެކެވެ.

ބާސެލޯނާގައި އަށް ސީޒަން ހޭދަކޮށް، އެ ކްލަބާއެކު އަލްވޭސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އަންނަ ސީޒަނަށް ޓީމުގެ ޑިފެންސް ވަރުގަދަ ކުރުމަށް ސިޓީން މަސައްކަތް ފަށާފައިވަނީ އެޓީމުގެ ފަހަތަށް ކުޅުނު ބަކާރީ ސަންޔާ އާއި ޕަބްލޯ ޒަަބަލެޓާ މިދިޔަ ސީޒަނަށް ފަހު ދޫކޮށްލުމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން