އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިފި ރޯދަތައް މިޔުޒިކަށް ވިއްކާނުލަން ނިންމި ދެމަފިރިންނަށް ފްލެޓަކާ ބޮޑު ކުރިއެރުމެއް!

ހިފި ރޯދަތައް މިޔުޒިކަށް ވިއްކާނުލަން ނިންމި ދެމަފިރިންނަށް ފްލެޓަކާ ބޮޑު ކުރިއެރުމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

އެއީ މީގެ 3 އަހަރު ކުރިއެވެ. ރަމަޟާން މަހުގެ ރޯދަ އާއި ވިދިގެން އައި ފިޠުރު ޢީދު ދުވަހުގެ ރެއެވެ. ޝާމިން އިޝާ ނަމާދުން ފައިގެން ގެއަށް އައި އިރު ޝަކީބާ ތަްއޔާރުވަނީ އެ ރޭ ބާއްވާ މިޔުޒިކް ޝޯއަކަށް ދިއުމަށެވެ.

ޝާމިންގެ ފުރަތަމަ ސުވާލަކަށްވީ ޢިޝާ ނަމާދުކޮށްފިންތޯއެވެ. ޖަވާބުގައި ޝަކީބާ ބުނީ ނަމާދުކޮށްފިން ކަމަށެވެ. އަދި ޝޯއަށް ދާން އަވަހަށް ތައްޔާރުވުމަށް ޝާމިންގެ ކިބައިން އެދުނެވެ.

ޝާމިން ދައުވަތު ދިނީ ކުޑަ އިރުކޮޅަކު ސޯފާގައި މަޑުކޮށްލުމަށެވެ. ހަމަޖެހިލައިގެން ޓީވީ ހުޅުވައިލިއެވެ. ޕީސް ޓީވީއަށް ޓިޔުންކޮށްލިއެވެ.

ދީނީ އިލްމްވެރިޔާ ވިދާޅުވަމުން މިޔުޒިކްގެ ވާހަކަތަކެކެވެ. "މިޔުޒިކަލް އިންސްޓްރޫމަންޓްސް އާ ޙަރާމް" ކަމަށެވެ. މަދީނާއަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަޑައިގަތުމުން މަރުހަބާ ދަންނަވަން ނުކުމެތިބި އަންހެނުން "ޠަލަޢަލް ބަދްރޫ ޢަލައިނާ" ލަވަ ކިޔަމުން ދިއައީ މޫނު ބުރުގާ އަޅައިގެން ތިބެ ކަމަށެވެ. އަދި އެމީހުން ތާރަޖެހީ މިހާރު މިކުޅޭ މިޔުޒިކް ކުޅެ އުޞޫލުން ނޫން ކަމަށެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި އުއްމުލް މުއުމިނީން އެކުގައި ތިއްބަވައިގެން ބެއްލެވީ މިޔުޒިކް ޝޯއެއް ނޫން ކަމަށާއި ހެވިކަމުގެ ހުނަރުތަކެއް ދައްކައިލުން ކަމަށެވެ.

ޢީދު ދުވަހުގެ ކުޅިވަރުތައް އެ ޒަމާނުގައި ކުޅެ އުޅުނީ އަންހެނުންނާއި ފިރިހެނުން ވަކިން ތިބެގެން ކަމަށެވެ. މަސްހުނިވެ ތިބެގެން ނޫން ކަމަށެވެ. އަދި އަންހެން ބޭކަނބަލަކު ކުޅިވަރެއް ބެއްލެވިނަމަވެސް ބައްލަވަނީ މޫނު ބުރުގާ އަޅުއްވައި ނިވާވެގެން ހުންނަވައި ކަމަށެވެ.
ދަރުސް އަޑު އެއްސެވުމަށްފަހު ޝާމިން ޝަކީބާ އާއިއެކު މަޝްވަރާކުރަން ފެށިއެވެ.

"އަހަރެމެން ރޯދަ ހިފައި މިނިންމީ އިއްޔެއެވެ. އަހަރެމެން ރަމަޟާން މަހުގެ ރޭތައްވެސް އިހްޔާ ކުރީމުއެވެ. ޝޯއަށް ގޮސް ކުޑަވަގުކޮޅެއްގެ އުފަލަށް ރޯދަތައް ވިއްކާލުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ޝަކީބާއަށް މޫނު ބުރުގާ އަޅައި ނިވާވެވިދާނެއެވެ. ޝަކީބާއަށް ފެންނާނީ ހަލާލު މަންޒަރުތައް ހެއްޔެވެ؟ އިވޭނީ ހުއްދަ އަޑުތައް ހެއްޔެވެ؟ ކިޔާނީ މަސްތީ ލަވަތައް ނޫންހެއްޔެވެ؟ ނޫނީ އެދުވަހު މަދީނާގެ އަންހެނުންތައް ކިޔައި އުޅުނު ލަވަތައް ހެއްޔެވެ؟"

ދެމަފިރިންގެ މެދުގައި މަޝްވަރާކުރުމަށްފަހު ނިންމީ ޝޯއަށް ނުދިއުމަށެވެ. ގުޅުން ބަދަހިކޮށްލަން ބުރެއް ޖަހައިލުމަށެވެ. ކޮންމެވެސް ރެސްޓޯރަންޓަކުން ކައި ހިތްހަމަޖައްސާލުމަށެވެ.

އެއިގެ 3 މަސް ދުވަސްފަހެވެ. ފުރަތަމަ ކަމަކަށް މެދުވެރިވީ ޝަކިބާއަށް ލިބުނު ވަޒީފާގެ ބޮޑު ކުރިއެރުމެކެވެ. މުސާރަ ދެގުނައަށް ބޮޑުވުމެވެ. އެއިގެ 2 މަހެއްހައި ދުވަސްފަހުން ޝާމިންއަށް ވެސް ވަޒިފާގެ ކުރިއެރުމެއް ލިބި މުސާރަ 50 އިންސައްތަ ބޮޑުވިއެވެ. ދެމަފިރިންނަށް ލިބެމުން އައި އާމްދަނީ 150 އިންސައްތަ އިތުރުވީއެވެ.

ޝާމިންގެ ބޮސް އަކީ ކޮންމެ އަހަރަކުވެސް އެންމެ ރަނގަޅަށް މަސައްކަތްކުރާ މުވައްޒިފުންގެ ތެރެއިން ބައަކަށް ދިރއުޅޭނެ ފްލެޓް ހަދިޔާ ކުރާ މީހެކެވެ. އެއަހަރު ފްލެޓަށް ކުރިމަތިލި މުވައްޒިފުންގެ ތެރެއިން ފްލެޓް ލިބުނު މުވައްޒިފުންގެ ތެރޭގައި ޝާމިން ހިމެނި ފްލެޓެއް ލިބުނެވެ.

ފްލެޓަށް ކުލި ދައްކައިގެން ތިބުން ނިމުމަކަށް އައީއެވެ. ކުއްޔަށް ދައްކަމުން އައި ފައިސާ ޚަރަދުކުރަން ނުޖެހުމުން ލިބޭ އާމްދަނީ ކުރިއާއި އަޅައި ބަލައިފިނަމަ 225 އިންސައްތައަށް އިތުރުވީއެވެ!

އަޅުގަނޑުމެން އީމާންވެގެން މިތިބީ ހަމަ އެ ﷲ އަށެވެ. ރޯދަ ހިފަނީވެސް އަދި އެހެން އަޅުކަންތައްތައް ކުރަނީވެސް ހަމަ އެ ﷲ އަށެވެ. ކިތަންމެ ގިނަ ބައަކަށް ކިތަންމެ ގިނަ ނިއުމަތްތަކެއް މިންވަރު ކުރެއްވެވުމަށް ވެސް ހަމަ ކުޅަދުންވަންތަ ﷲ އަށެވެ.

ޝާމިން އާއި ޝަކިބާ އަކީ އިންޑިއާގެ ބެންގަލޫރަށް ނިޞްބަތްވާ ދެމަފިރިންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް