އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަނޑުކޮޅުގަ ރިއްސާތީ ޑޮކްޓަރަށް ދެއްކި އަންހެނެއްގެ އުރަމައްޗަށް "ފަރުވާދިނުމުން" ޑޮކްޓަރުގެ މޫނުމަތީގަ ފައިން ޖަހައިފި

ބަނޑުކޮޅުގަ ރިއްސާތީ ޑޮކްޓަރަށް ދެއްކި އަންހެނެއްގެ އުރަމައްޗަށް "ފަރުވާދިނުމުން" ޑޮކްޓަރުގެ މޫނުމަތީގަ ފައިން ޖަހައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

އަހަރެން ޑޮކްޓަރަށް ދައްކަން ދިއައީ މަންމަ އާއިއެކުގައެވެ. އެއީ ބަނޑުކޮޅުން ތަންކޮޅެއްގައި ރިއްސާތީއެވެ. ޑޮކްޓަރު އަހަރެންގެ ވާހަކަ އަޑުއެހުމަށްފަހު އެތަން ބަލައިލުމަށް ކޮޓަރިއަކަށް ފޮނުވިއެވެ.

އެއީ ވަރަށް ކުޑަކުޑަ ކޮޓަރިއެކެވެ. އެތަނުގައި ނަރުހަކު ހުއްޓެވެ. ޑޮކްޓަރު އަންނަންވާއިރަށް ނަރުސް އަހަރެންގެ ހަރުވާޅު ތިރިކޮށް ޑޮކްޓަރަށް ދައްކަން ތައްޔާރުކުރިއެވެ. ޑޮކްޓަރު އައިސް ވަނުމުން ނަރުސް ކުއްޖާ ނުކުތީ ބޭރަށެވެ. ހީވާ ގޮތުން ކޮންމެވެސް އެއްޗެއް ބަލައެވެ.

ރިއްސާ ތަންކޮޅުގައި އަތް ޖައްސައި ދެއްކުމަށް ޑޮކްޓަރު ބުނުމުން އަހަރެން ދެއްކީމެވެ. އެތަނުގައި ޑޮކްޓަރު އަތް އަޅައި ފިއްތާލިއެވެ. އަދި ތަދުވޭތޯ ސުވާލުކުރިއެވެ. ތަދުވާކަމަށް އަހަރެން ބުނީމެވެ.

ޑޮކްޓަރު އެހެން ހުރެލާފައި އަތްލީ އަހަރެންގެ އުރަމަތީކޮޅުގައެވެ. މިވާން އުޅޭ ގޮތް ވިސްނުމުން އަހަރެން ފައިކުރުކޮށްލާފަ ޑޮކްޓަރުގެ މޫނުމަތީގައި ޖެހީމެވެ. ފަރުވާ ލިބިއްޖެ ކަމަށް ބުނެފައި ނުކުމެގެން ދިއައީ ޑޮކްޓަރުގެ ކޮޓަރިއަށެވެ. އެތަނުގައި މަންމަ އިންނާނެތީއެވެ.

ޑޮކްޓަރު އައިސް ވަދެފައި ބުނީ ދަރިފުޅުގެ ތަދު މިހާރު ފަސޭހަވާނެ ކަމަށެވެ. ހަމަ ޔަޤީންތޯ މަންމަ ސުވާލުކުރުމުން ވެސް އެއްވެސް ހާސްކަމެއް ނެތި ބުނީ ރަނގަޅުވާނެ ކަމަށެވެ.

ބޭހެއްވެސް ލިޔެދިނެވެ. ސިޓީ ހިފައިގެން ދެމައިން ނުކުމެގެން އައީ ގެއަށެވެ. މިވާހަކަތައް އަހަރެން ކޮންމެވެސް މީހަކަށް ކިޔައިދޭން ވަރަށް ބޮޑަށް ބޭނުންވިއެވެ. އެހެންވެ މިކިޔައިދިނީ ނޫސްވެރިއަކަށެވެ. ފަރުވާ ހޯދަންދާ އެހެން އަންހެނުންނަށްވެސް ފިލާވަޅަކަށެވެ.

މިހާދިސާއަކީ މިދިއަ ހަފްތާގައި ކަރާޗީގެެ ހޮސްޕިޓަލެއްގައި ހިނގާފއިވާ ހާދިސާއެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް