އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންފެޑެރޭޝަން ކަޕްގެ ސެމީފައިނަލް މެޗުތަކުގެ ރެފްރީން ކަނޑައަޅައިފި

ކޮންފެޑެރޭޝަން ކަޕްގެ ސެމީފައިނަލް މެޗުތަކުގެ ރެފްރީން ކަނޑައަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

މިހާރު ކުރިއަށްދާ ކޮންފެޑެރޭޝަން ކަޕްގެ ސެމީފައިނަލް މެޗުތަކުގެ ރެފްރީން ފިފާ އިން ކަނޑައަޅައިފިއެވެ.

އެގޮތުން ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އާއި ޗިލީ މިރޭ ބައްދަލުކުރާ މެޗުގެ ރެފްރީކަން ކުރާނީ އީރާންގެ އަލިރެޒާ ފެގާނީއެވެ.

ޢުމުރުން 30 އަހަރުގެ އަލިރެޒާ އަކީ އީރާންގެ ބަދަސްކަންއަށް އުފަން މީހެކެވެ. ޓީޗަރެއްގެ ވަޒީފާއަދާކުރާ އަލިރެޒާ ވަނީ އަމިއްލަ ޤައުމުގައާއި ބައިނަލްއަޤުވާމީ ގިނަ މެޗުތަކެއްގައި އިންސާފުކޮށްފައެވެ. މި މެޗުގައި އޭނާއަށް އެހީތެރިވުމަށް އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ތިބޭނީވެސް އީރާންގެ އެސިސްޓެންޓް ރެފްރީންނެވެ. އެއީ ރެޒާ ސޮޚަންދަން އާއި މޮހަމެޑްރެޒާ މަންސޫރީ އެވެ.

ހަތަރުވަނަ (ފޯތް އޮފިޝަލް) އަށް ހަމަޖައްސާފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ފަހަދް އަލް މިރްދާސީއެވެ.

ސެމީފައިނަލުގެ ދެވަނަ މެޗުގައި މާދަމާދާ ރޭ ޖަރމަނީ އާއި މެކްސިކޯ ބައްދަލުކުރާ މެޗުގެ ރެފްރީއަކަށް ފީފާއިން ކަނޑައަޅާފައިވަނީ އާޖެންޓީނާގެ ނެސްޓޮރ ޕިޓާނާއެވެ. ޢުމުރުން 42 އަހަރުގެ ނެސްޓޮރ އާއެކު އޭނާއަށް އެހޫތެރިވުމަށް އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ނުކުންނާނީވެސް ހަމައެޤައުމުގެ ދެމީހުން ކަމަށްވާ ހަރނަން މައިދަނާ އާއި ޖުއާން ބެލައްޓީއެވެ. ފޯތް އޮފިޝަލުގެ ގޮތުގައި ހަމަޖައްސާފައިވަނީ އިޓަލީގެ ޖިއަންލުކާ ރޮޗީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







Koimalaa 2017-06-28 11:25:59

Match feshey time liyunu nama thankolhehvvs furihama vis


މުހައްމަދު އަފްރާޙް