އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުޓްބޯޅަ އަކީ ކޮންމެ ގޮތަކަށްވެސް ނަތީޖާ ނިކުމެދާނެ ކުޅިވަރެއް: ރޮނާލްޑޯ

ފުޓްބޯޅަ އަކީ ކޮންމެ ގޮތަކަށްވެސް ނަތީޖާ ނިކުމެދާނެ ކުޅިވަރެއް: ރޮނާލްޑޯ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ފުޓްބޯޅަ އަކީ ކޮންމެ ގޮތަކަށްވެސް ނަތީޖަ ނިކުމެދާނެ ކުޅިވަރެއް ކަމަށާއި އެހެން ކަމުން ފުޓްބޯޅަ އަކީ ބައެއް ފަހަރު ނާކާމިޔާބީއާއި ކުރިމަތިލާންވެސް ޖެހޭ ކުޅިވަރެއްކަމުގައި ޕޯޗުގަލް ތަރި އަދި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޭގެ މެޗަށް ފަހު ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ ރެއަކީ ޕޯޗުގަލް އަށް ހިތާމަވެރި ރެއެއްކަމަށާއި އެހެން ނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ އަބަދަކު ކާމިޔާބީއެއްވެސް ނުލިބޭނެކަމުގައިކަމަށެވެ.

ރޮނާލްޑޯ ބުނީ ކާމިޔާބަކީ ވަކި ކުޅުންތެރިއަކަށް ނުވަތަ ވަކި ޓީމަކަށް އޮތް އެއްޗެއް ނޫންކަމަށާއި ކިތަންމެ އާދައިގެ ޓީމެއްވެސް ކިތަންމެ މޮޅު ޓީމެއްގެ އަތުންވެސް މޮޅުވެދާނެކަމަށެވެ.

ރޮނާލްޑޯ ބުނީ ރޭ ޕޯޗުގަލް އާދެކޮޅަށް ކުޅެ ޕެނަލްޓީޖަހައިގެން މޮޅުވި ޗިލީއަކީ އާދައިގެ ޓީމެއް ނޫންކަމަށާއި ޗިލީއަކީ ދުނިޔޭގެ ގަދަ ބާރުތަކުގެ ތެރެއިން ބާރެއް ކަމަށެވެ. އެހެން ކަމުން އެވަރު ޓީމެއްގެ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމަކީ އެހާ ކަންބޮޑުވާން ޖެހޭކަމެއް ނޫންކަމަށެވެ.

ރޮނާލްޑޯ ބުނީ ބަލިވިނަމަވެސް ހިއްވަރު އެލުވާނުލާ ކުރިޔަށް އޮތް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން ހުރިހާ ކުޅޫންތެރިންވެސް މަސައްކަތް ކުރާނެ ކަމަށެވެ.

" ކުރިޔަށް އޮތީ ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަށް. އެ މެޗުތަކުން ކާމިޔާބު ހޯދާ އަންނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވުމަށް މަސައްކަތް ފަށަންވީ. މެޗަކުން ބަލިވުމަކީ އުންމީދު ގެއްލުވާލަންވީ ކަމެއްނޫ." ޕޯޗްގީޒް ކެޕްޓަން ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލް ދެން އެންމެ އަވަހަށް ނިކުންނާނީ ވޯލްޑްކަޕްކޮލިފައިންގައި އަންނަ އޯގަސްޓު މަހުގެ 31 ގައި ރެފޯއައިލެންޑާ ދެކޮޅަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން