އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްމާބަނޑު ދެ ކުދިން ލިބުމާއި އެކު ރޮނާލްޑޯ އެނބުރި ޤައުމަށް

އެއްމާބަނޑު ދެ ކުދިން ލިބުމާއި އެކު ރޮނާލްޑޯ އެނބުރި ޤައުމަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ޕޯޗުގަލްއާއި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެއްމާބަނޑު ދެ ބެއިން ލިބުނުކަމުގެ ޚަބަރުލިބުމާއި އެކު އޭނާ އެނބުރި ޤައުމަށް ހިނގައްޖެއެވެ.

ރޮނާލްޑޯއަށް އެއް މާބަނޑު ދެބެއިން ލިބުނުކަން އޭނާ ވަނީ މީޑިއާއަށްވެސް ކަށަވަރުކޮށްދީފައެވެ.

ރޮނާލްޑޯ މިކަން ހާމަކުރީ ޗިލީ އަތުން ބަލިވެ ކޮންފެޑެރޭޝަންސް ކަޕުން ކެޓުމާއި އެކު ފޭސްބުކްގައި އާއްމުކުރިޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި އޭނާ ވަނީ ޕޯޗުގަލްގެ ކުޅުންތެރިންނާއި ކޯޗަށް ހިތްވަރުދީ ވާހަކަ ދައްކާފައެވެ. އެގޮތުން ރޮނާލްޑޯ ބުނެފައިވަނީ ބަލިވިނަމަވެސް ކުރިޔަށް އޮތްތާނގައި ރަނގަޅު ނަތީޖާތަކެއް ޕޯޗުގަލްއަށް ހޯދަދޭން މަސައްކަތް ކުރާނެކަމަށް ވަނީ ބުނެފައެވެ.

އަދި އޭނާއަށް އެއް މާބަނޑު ދެކުދިން ލިބުމާއިއެކު ޕޯޗުގަލްގެ ސްކޮޑު ދޫކޮށް އެނބުރި ޤައުމަށް ދިޔަކަން ހާމަކުރަމުން ރޮނާލްޑޯ ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި އޭނާގެ ހުރިހާ ފޯކަސްއެއް ހުރީ ޕޯޗުގަލްގެ ޤައުމީ ޓީމާއެކު ކަމަށާއި އަދިވެސް ކުރިޔަށް އޮތްތާނގައި އެއްބާރުލުން ފުރިހަމައަށް ލިބިގެންދާނެކަމަށެވެ.

މުބާރާތުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ނަމަވެސް ކުރިއަށްއޮތްތަނުގައިވެސްޕޯޗުގަލްގެރައްޔިތުންއުފާކޮށްދޭނެފަދަނަތީޖާތަކެއްޤައުމީޓީމާއެކުނެރެވޭނެކަމަށްއުއްމީދުކުރާކަމަށްވެސްރޮނާލްޑޯބުންޏެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ޕޯޗުގަލް އަދި ކުޅެން ޖެހޭނެއެވެ. އެޓީމު ކުޅެންޖެހޭނީ މިރޭ ޖަރުމަން އާއި މެކްސިކޯ ބައްދަލުކުރާމެޗުން ބަލިވާ ޓީމަކާއި އެކުގައެވެ.

އެހެން ނަމަވެސް އެ މެޗުގައި ރޮނާލްޑޯ ނުކުޅޭނެއެވެ. ރޮނާލްޑޯއަށް ލިބުނު އެއްމާބަނޑު ދެ ކުދިން ދެކިލުމަށް ފުރުޞަތު ދިނުމުން އޭނާ މިހާރުވަނީ އެނބުރި ޕޯޗުގަލްއަށް ގޮހެވެ.

ސަރަގޭޓް މަންމައެއްގެ އެހީއާ އެކު ރޮނާލްޑޯއަށް މިފަހަރު ލިބިފައިވަނީ ދެވައްތަރުގެ ދެކުދިންނެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.

ފުރަތަމަ ދަރިފުޅުގެ މަންމަ ސިއްރުކުރި ގޮތަށް މިފަހަރުވެސް މި ލިބުނު ދެކުދިންގެ މަންމަ ސިއްރުކޮށްފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން މި ދެ ކުދިންނަށް މިހާރު ވަނީ ނަންވެސް ކިޔާފައެވެ. އެގޮތުން އަންހެން ކުއްޖާއަށް އީވާ ކިޔާފައި ވާއިރު ފިރިހެން ކުއްޖާއަށް ކިޔާފައި ވަނީ މަތިއޯ އެވެ.

އެއް މާބަނޑު މި ދެކުދިންނާއެކު މިހާރު ރޮނާލްޑޯގެ ދަރިންގެ އަދަދު ވަނީ 3 އަށް އަރާފައެވެ. ރޮނާލްޑޯގެ އެންމެ ބޮޑަށް ހުރީ 6 އަހަރުގެ ފިރިހެން ކުއްޖެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން