އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޮންގކޮންގ އާ ރާއްޖޭގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ދަނީ ބަދަހިވަމުން: ސަފީރު ވާންގ ފޫކާންގ

ހޮންގކޮންގ އާ ރާއްޖޭގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ދަނީ ބަދަހިވަމުން: ސަފީރު ވާންގ ފޫކާންގ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ދިވެހިރާއްޖެއާއި ހޮންގކޮންގއާއި މެދުގައި ވިޔަފާރީގެ ގުޅުންތައް ދަނީ ބަދަހިވަމުން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް ފައިދާ ކުރަމުންދާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގ ފޫކާންގ ވިދާޅުވެއްޖެއެވެ.

އިނގިރޭސީންގެ އަޅުވެތިކަމުން ހޮންގކޮންގ މިނިވަންވެ ޗައިނާއަށް އަނބުރައި ލިބުމަށް 20 އަހަރުފުރުން ފާހަގަކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި ސަފީރު ވާންގ ފޫކާންގ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ހޮންގކޮންގ ގައި އަންނަނީ މަޤްބޫލުކަން އިތުރުވަމުން ކަމަށްވާތީ ހޮންގކޮންގުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވެސް އަންނަނީ އިތުރުވަމުން ކަމަށެވެ.

ސަފީރު ވިދާޅުވީ ހޮންގކޮންގގެ ފަތުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުން އަންނާތީ ދެ ޤައުމުގެ މެދުގައި މިހާރުވެސް ކޮންމެ ހަފްތާއަކު ވައިގެ ދަތުރުތައް ކުރެވެމުން އަންނަ ކަމަށެވެ.

ސަފީރު ވިދާޅުވީ ހަމައެއާއިއެކު ރާއްޖެ އާއި ހޮންގކޮންގ އާއި ދެމެދު ޤާއިމުކުރަން މަސައްކަތްކުރަމުން އަންނަ ފްރީ ޓްރޭޑް އެއްބަސްވުން ޤާއިމުކުރެވުމުން ވެސް ރާއްޖޭގެ އިޤްޠިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ހޮންގކޮންގ އާއި ރާއްޖޭގެ މެދުގައި ބަދަހިވަމުން އަންނަ ގުޅުންތަކުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް