އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެސީގެ ކައިވެނި ހަފްލާ ކުލަގަދަކޮށް ބާއްވައިފި

މެސީގެ ކައިވެނި ހަފްލާ ކުލަގަދަކޮށް ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

އާޖެންޓީނާގެ ފުޓްބޯޅަ ތަރި މެސީގެ އަލަތު ކައިވެނި ކުލަގަދަ ހަފްލާއަކާއެކު އޭނާގެ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮޒެރިއޯގައި ބާއްވައިފިއެވެ

ބާސެލޯނާއާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކައިވެނި ކުރީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެގޮތުން ގުޅިގެން އުޅުނު ލޯބިވެރިޔާ އެންޓޮނެއްލާ ރޮކޫޒޯ އާއެވެ.

އުމުރުން 29 އަހަރުގެ ރޮކޫޒޯއާއި މެސީ ގިނައަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އެދެމީހުންނަށް ވަނީ ދެ ކުދިންވެސް ލިބިފައެވެ. އެއީ ތިއާގޯއާއި މެޓީއޯއެވެ.

ގަރުނުގެ ބޮޑު ކައިވެނީގެ ގޮތުގައި ބޭއްވި މި ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ އާޖެންޓީނާގެ ރޮޒެރިއޯގެ ލަގްޜަރީ ހޮޓަލެއްގައެވެ. މި ހަފްލާ ކުލަގަދަކޮށް ފާހަގަކުރިއިރު އެ ހަފްލާފައި 260 ސެލެބްރިޓީން ވަނީ ބައިވެރިވެފައެވެ.

މި ހަފްލާގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ޖެރާޑް ޕީކޭ އާއި އޭނާގެ އަންހެނުން މަސްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އަދި ސެސް ފެބްރިގާސްގެ ދެކަނބަލުންނާއި ބާސެލޯނާގެ ކުރީގެ ލެޖެންޑް ޕުޔޯލްގެ އިތުރުން އަލޮންސޯ، ނޭމާ، ލުއިސް ސުއަރޭޒް، ކުން އަގުއޭރޯ އަދި ލަވޭޒީ ވަނީ މެސީގެމި ހަފްލާގައި ބައިވެރިވެފައެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ މަޝްހޫރު ގިނަ ފަރާތްތަކެއްވަނީ މި ހަފުލާގައި ބައިވެރިވެފައެވެ.

މެސީގެ މި ހަފްލާއަށް އޭނާ ދައުވަތްދީފައިވަނީ ބާސެލޯނާގެ ކުޅުންތެރިންގެ އިތުރުން އާޖެންޓީނާގެ ގައުމީޓީމުގެ ކުޅުންތެރިންނަށެވެ.

ހަފްލާގައި ބައިވެރިވި ގިނަ މެހެމާނުން ރޮޒެރިއޯއަށް ގޮސްފައިވަނީ އެމީހުންގެ އަމިއްލަ ޖެޓްތަކުގައެވެ. އެމީހުން ދުށުމަށް އެތަކެއް ހާސް ބަޔަކު ރޮޒެރިއޯގެ ޑޮމެސްޓިކް އެއާޕޯޓްކައިރިއަށް ޖަމާވެފައިވެއެވެ.

މެސީގެ މި ބޮޑު ހަފްލާ ބޭއްވި ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެތަކެއް ހާސް ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ. އަދި މީގެ އިތުރުން ހޮޓެލްގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ޕްރައިވެޓް ސެކިއުރިޓީ ފާމަކުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

އާޖެންޓީނާގެ ނޫސްތަކުގައާއި ދުނިޔޭގެ ގިނަ މަސްހޫރު ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި މެސީގެ މި ކައިވެނި ސިފަކޮށްފައި ވަނީ "އަހަރުގެ ބޮޑު ކައިވެނި" ނުވަތަ "ގަރުނުގެ ބޮޑު ކައިވެނީ"ގެ ގޮތުގައެވެ.

މެސީގެ ކައިވެނީގެ މި ހަފްލާ 150 ނޫސްވެރިން ކަވަކުރަމުން ގެންދިޔައިރު އޭގެ ތެރޭގައި ދުނިޔޭގެ ބައެއް މަސްހޫރު މީޑިއާތަކުގެ ނޫސްވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ގޯލްގެ ނޫސްވެރިންނާއި ސްކައި ގެ ނޫސްވެރިންވެސް ހިމެނެއެވެ.

150 ނޫސްވެރިން މިހަފްލާ ކަވަރކުރަމުން ގެންދިޔަނަމަވެސް އެފަރާތްތަކަށް އެ ހަފްލާއަށް ހުއްދަލިބިފައިވަނީ ވަކި ހިސާބަކަށް ވަދެވޭ ގޮތަށެވެ. ހުރިހާ ތަނަކަށް ވަދެވޭގޮތަށް އެއްވެސް ނޫސްވެރިއަކަށް ހުއްދަ ލިބިފައެއް ނުވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން